twitterviber whatsapp telegramfacebookyoutube instagram
18th May 2025

އުރީދޫއިން އެންވަޔަރަމްންޓް މިނިސްޓްރީއަށް އެމްވީޕީއެންގެ ހިދުމަތް ފޯރުކޮށްދެނީ

Jan 3, 2016

އުރީދޫ މޯލްޑިވެސްއިން މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީއަށް އެމްވީޕީއެންގެ ހިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން އުރީދޫގެ އެމްވީޕީއެން ހިދުމަތް މެދުވެރިކޮށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީގެ މުވައްޒފުންގެ މެދުގައި ހިލޭ ކޯލު އަދި އެސްއެމްއެސް ފޮނުވޭނެއެވެ.

އެމްވީޕީއެން ހިދުމަތުގެ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒް އަދި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެެންޑް އެނާޖީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އާދަމް އުސްމާނުއެވެ.

އެމްވީޕީއެން ހިދުމަތަކީ ކުދި އޮފީސްތަކުން ފެށިގެން އެންމެ ބޮޑެތި ކޯޕަރޭޓްތަކަށް ހާއްސަކޮށްފައިވާ، ގިނަގުނަ ފައިދާތައް ހިމެނޭ ޕެކޭޖެއް ކަމަށް އުރީދޫއިން ބުނެއެވެ. އަދި މި ހިދުމަތުގައި ބޭނުން ކުރެވޭނީ ހަތަރު އަދަދުގެ ކުރު ނަންބަރެއް ކަމަށާއި މި ހިދުމަތަކީ ހަރަދު ކުޑަ އަދި ފަސޭހަ ހިދުމަތެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އުރީދޫއިން މި ހިދުމަތް މިހާރުވެސް ދަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކާއި ރިސޯޓްތަކަށް ފޯރުކޮށްދެމުންނެވެ. އެގޮތުން މޯލްޑިވެސް ޕޮލިސް ސާވިސް، އެމްސީއެސް، ޕީޖީއޮފީސް، މިނިސްޓަރ އޮފް ޔޫތް އަދި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ލޯ އިން ދަނީ މި ހިދުމަތް ބޭނުން ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355