ކުޅުދުއްފުށީގައި ހުންނަ ބީއެމްއެލްގެ 2 އޭޓީއެމްއިން ފައިސާ ހުސްވެ މިއަދު ގިނަ ވަގުތަކަށް ހިދުމަތް މެދުކެނޑިއްޖެ އެވެ.
އެޓީއެމް ކައިރީ ހިދުމަތް ހޯދުމަށްޓަކައި އެ ސަރަހައްދުގައި ހުރި މީހަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ ހިދުމަތް ކެނޑިފައި ހުންނަތާ ގިނަ އިރުތަކެއް ވެއްޖެ ކަމަށާއި ރަށުގެ 2 އޭޓީއެމްގެ ހިދުމަތްވެސް މިއަދު ހުރީ މެދުކެނޑިފައި ކަމަށެވެ.
ނަމަވެސް މިއަދު 11 ޖަހާކަށްހާއިރު ބީއެމްއެލްގެ މުވައްޒަފުން ގޮސް ދެ އޭޓީއެމްއަށްވެސް ދިމާވެފައިވާ މައްސަލަ ހައްލުކޮށް އަލުން ވަނީ ހިދުމަތް ފޯރުކޮށްދޭން ފަށާފައި އެވެ.
ކުޅުދުއްފުށީގެ އޭޓީއެމްތަކުގައި މީގެ ކުރިންވެސް މިފަދަ މައްސަލަތައް ދިމާވެ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމުގައި ދަތިތައް ކުރިމަތިވެފައިވާކަން ފާހަގަކޮށްލެވެއެވެ.