twitterviber whatsapp telegramfacebookyoutube instagram
1st June 2026

ހދ އަތޮޅުގެ ތަރައްގީއަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ހުރިހާ ރަށެއްގެ ކައުންސިލަރުން މާލެއަށް

Jan 4, 2016

ހދ އަތޮޅުގެ ތަރައްގީގެ މަޝްރޫއުތަކާގުޅޭ ގިނަ މައްސަލަތަކެއް ހައްލުކޮށް ސަރުކާރާ ވާހަކަ ދައްކައި މަޝްވަރާކުުރުމަށް ހދ އަތޮޅުގެ ރަށްރަށުގެ ކައުންސިލަރުން މާލެ ދިއުމަށް ހަމަޖެހިއްޖެ އެވެ.

“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްވަމުން ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ޝަގީފް ވިދާޅުވީ ހދ އަތޮޅު ކައުންސިލުން އިސްނަގައިގެން ހދ އަތޮޅުގެ 13 ރަށުގެ ކައުންސިލްގެ ރައީސުން މާލެ ދިއުމަށް ނިންމަވާފައިވާ ކަމަށާއި މި ދަތުރުގެ މަގުސަދަކީ ހދ އަތޮޅުގައި ރިސޯޓެއް ނެތުމުން އެކަމާ ބޭހޭ ގޮތުން މަޝްވަރާ ކުރުމާއި، އަތޮޅުގައި ހުއްޓިފައި ހުރި ޕްރޮޖެކްޓުތަކަށް ހައްލެއް ހޯދުމަށާއި އަދި ހދ އަތޮޅަށް ދިމާވެފައިވަ ގޮންޖެހުންތަކަށް ހައްލެއް ހޯދުން ކަމަށެވެ.

ހދ އަތޮޅު ރަށު ކައުންސިލްގެ ރައީސުންނާއި އަތޮޅު ކައުންސިލަރުންނާ އެކު މި ދަތުރުގައި ޖުމްލަ 16 ބޭފުޅުން ބައިވެރި ވާނެއެވެ. މި ދަތުރު ނިންމާލުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 21 ގަ އެވެ.

ހދ އަތޮޅަށް ދިމާވެފައިވާ އެކި މައްސަލަތަކާ ބެހޭގޮތުން މީގެ ކުރިންވެސް އަތޮޅު ކައުންސިލަރުން ވަނީ މަޝްވަރާ ބައްދަލުވުން ތަކެއް އެކި މިނިސްޓްރީތައެކު ކުރައްވާފަ އެވެ. އެހެންނަމަވެސް އެދެވޭ ކުރިއެރުމެއް ލިބިފައި ނުވާކަން ފާހަގަކޮށްލެ ވެއެވެ.

ހދ އަތޮޅަކީ މުޅި ރާއްޖެއިންވެސް އެންމެ މީހުން ގިނަ އެއް އަތޮޅެވެ. އަދި ރިސޯޓެއް ނެތް ހަމައެކަނި އަތޮޅަކީވެސް ހދ އަތޮޅުކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355