twitterviber whatsapp telegramfacebookyoutube instagram
1st June 2026

ނޮޅިވަރަމް ކައުންސިލުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރި ނިންމުން ބާތިލްކޮށްފި

Jan 4, 2016

ހދ. ނޮޅިވަރަމް ކައުންސިލްގެ ރައީސާ މަރިޔަމް ހަބީބުގެ އިތުބާރު ނެތް ކަމަށް ބުނެ މަގާމުން ދުރުކުރުމަށް ފާސްކޮށްފައިވާ ނިންމުން ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބާތިލު ކޮށްފިއެވެ.

އެލްޖީއޭއިން ހާމަކުރާ ގޮތުގައި ކައުންސިލަރުގެ އިތުބާރުނެތްކަމަށް ފާސްކުރި އެ ނިންމުމަކީ އެލްޖީއޭއިން ކަނޑައަޅާފައިވާ އުސޫލުގެ ބައެއް އިޖުރާއަތްތަކާ ހިލާފު ނިންމި ނިންމުމެކެވެ.

މަރިޔަމް ހަބީބް އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 21 ގައި އެ ކައުންސިލުން ބޭއްވި އާންމު ބައްދަލުވުމެއްގައި ކައުންސިލްގެ ފަސް މެމްބަރުގެ ތެރެއިން ހަތަރު މެމްބަރުން ވޯޓު ދީގެންނެވެ.

މަރިޔަމް ހަބީބް މަގާމުން ދުރުކޮށްފައިވަނީ އޮފީސް ހިންގެވުމުގައި އަމިއްލައަށް ކަންކަން ނިންމެވުމާއި ލާމަރުކަޒީ ގާނޫނުގެ ބައެއް މާއްދާތަކާ ހިލާފަށް ކަންކަން ކުރައްވާ ކަމަށް ތުހުމަތުކޮށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355