twitterviber whatsapp telegramfacebookyoutube instagram
1st June 2026

2016 ވަނަ އަހަރު ޕްލޭ ސްކޫލަށް 350 ކުދިން

Jan 5, 2016

ކުޅުދުއްފުށި ކައުންސިލްގެ ދަށުން މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްލޭ ސްކޫލަށް ވަނުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތް ހަމަވީއިރު އެސްކޫލަށް ވަނުމަށް 350 ކުދިން ފޯމްލާފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.

އެގޮތުން ބޭބީ ނާސަރީ ހިންގުމަށް ހަމަޖެހިފައިވަނީ 6 ކުލާހަކަށް ކަމަށާއި ނާސަރީ ހިންގުމަށް ހަމަޖެހިފައިވަނީ 8 ކުލާހަކަށް ބަހާލައިގެން ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ޕްލޭ ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ އިރުމަތި އަވަށު ޕްރީ ސްކޫލް ހިންގި އިމާރާތުގައި އަމީރު އަމީން ސްކޫލް ނަމުގަ އެވެ.

މީގެ ކުރިން ކުޅުުދުއްފުށީ އޮންލައިނަށް ދިން އިންޓަވިއުއެއްގައި ކައުންސިލް މެންބަރު ޝައުފާ ވިދާޅުވެފައިވަނީ މިއަހަރުވެސް ކައުންސިލްގެ މާލިއްޔާއިން ކޮންމެ މަހަކު ޕްލޭ ސްކޫލަށް ތިރީސް ހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެން ނަަމަވެސް ޕްލޭ ސްކޫލް ހިންގުމަށް ސަރުކާރުން އެއްވެސް އެހީއެއް ކައުންސިލަށް ނުލިބޭނެތީ ޕްލޭ ސްކޫލްގެ ފީ ވަނީ 350 އަށް ބޮޑު ކޮށްފަ އެެވެ.

އަންނަ އަހަރު އަމީރު އަމީން ސްކޫލް އިމާރާތުގައި ކިޔަވައިދިނުމަށް ހަމަޖެހިފައެއް ނުވެއެވެ. އެހެންނަމަވެސް އެ އިމާރާތް ދެން ބޭނުން ކުރަން ހަމަޖެހިފައިވާ ގޮތެއް ކައުންސިލުން ހާމަކޮށްފައެއްނު ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355