twitterviber whatsapp telegramfacebookyoutube instagram
13th August 2026

ހދ އަތޮޅު ގުރުއާން މުބާރާތް މިއަހަރު ނެއްލައިދޫގައި

Jan 5, 2016

2016 ވަނަ އަހަރުގެ ހދ. އަތޮޅު ޤުރުއާން މުބާރާތް ނެއްލައިދޫގައި ބޭއްވުމަށް އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

ހދ.އަތޮޅު ކައުންސިލުން  ބާއްވަމުން އަންނަ އަތޮޅު ޤުރުއާން މުބާރާތް ނެއްލައިދޫގައި ބާއްވަން ނިންމީ އެމުބާރާތް ބޭއްވުމަށް އެދި ޕްރޮޕޯޝަލް ހުށަހެޅި ރަށްތަކުގެތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާފައިވަނީ ނެއްލައިދޫ ކައުންސިލުން ކަމަށްވާތީ ކަމަށް އަތޮޅު ކައުންސިލުން ބުނެއެވެ.

މިއަހަރުގެ މުބާރާތް ބޭއްވުމަށް އެދި 4 ރަށަކުން ޕްރޮޕޯޝަލް ހުށަހަޅާފައިވެއެވެ. އެއީ، ނެއްލައިދޫ ކައުންސިލުގެ އިތުރުން، ހަނިމާދޫ ކައުންސިލާއި، ނޮޅިވަރަންފަރު ކައުންސިލް އަދި މަކުނުދޫ ކައުންސިލުންނެވެ.

ހދ. އަތޮޅު ޤުރުއާން މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ، 2016 މާރޗް 31 ން އޭޕްރީލް 02 އަށެވެ. ހދ. ނޮޅިވަރަންފަރުގައި ބޭއްވި މިދިޔަ އަހަރުގެ މުބާރާތުގައި ހދ.އަތޮޅުގެ 11 ރަށެއްގެ 12 ސްކޫލަކުން 127 ދަރިވަރުން ވާދަކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ބޭއްވި ގުރުއާން މުބާރާތުން އެންމެ މޮޅު ސްކޫލަކަށް ހޮވުނީ ވައިކަރަދޫ ސްކޫލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355