twitterviber whatsapp telegramfacebookyoutube instagram
18th May 2025

ތިރީސް ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބުނު ފަރާތްތަކުގެ މެދުގައި ބޭއްވި ގުރުއަތުލުން އޭސީސީގެ އެންގުމަށް ބާތިލްކޮށްފި

Jan 6, 2016

ކުޅުދުއްފުށި ރައްޔިތުންނަށް ހާއްސަކުރެވިފައިވާ 100 ރޯހައުސްއަށް ކުރިމަތިލީ ފަރާތުގެ ތެރެއިން 30 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބިގެން ގުރުއަތަށް ދިޔަ 22 ރޯހައުސް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ނެގި ގުރުއަތުލުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ބާތިލްކޮށްފިއެވެ.

އޭސީސީގެ ވެބްސައިޓުގައި މިއަދު ޝާއިއު ކުރި ބަޔާނެއްގައި ވާގޮތުން ރޯހައުސް ލިބޭ ފަރާތްތައް ހޮވުމަށްޓަކައި ބޭއްވި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވާ ގޮތާ ގުޅޭގޮތުން އެކޮމިޝަނަށް ޝަކުވާއެއް ހުށައެޅިފައިވަ ކަމަށާއި އެ ޝަކުވާ ހުށެއެޅުމާ ގުލިގެން އެ މައްސަލަ އެ ކޮމިޝަނުން ބަލައި ތަހްގީގު ކޮށްފައިވާނޭ ކަމަށެވެ.

އެ ފަރާތުން ބުނެފައި ވަނީ 30 ޕޮއިންޓަށްވުރެ ދަށުން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ލިބިފައިވަނީ 25 ޕޮއިންޓް ކަމާއި، ނަމަވެސް 25 ޕޮއިންޓް ލިބިފައިވާ 71 ފަރާތް ތިބުމާއެކު 22 ރޯހައުސް ލިބޭ ފަރާތްތައް ހޮވަން ޖެހޭނީ ހަމައެކަނި އެ 71 ފަރާތުގެ މެދުގައި ގުރުއަތު ލައިގެން ކަމަށެވެ. ނަމަވެސް އެއާ ހިލާފައް 25 ޕޮއިންޓް ލިބުނު ފަރާތްތަކާއެކު 20 ޕޮއިންޓްވެސް ލިބުނު ފަރާތްތައްވެސް ގުރުއަތުގައި ބައިވެރިކޮށް 22 ރޯހައުސްއަށް ގުރުއަތުލައިފައިވާ ކަމަށް ބުނެ މި ކޮމިޝަނައް މައްސަލަ ހުށައެޅިފައިވާ ކަމަށާއި އެހެން އެހަން ހިނގާފައިވާނަމަ އެއީ ރޯހައުސްއަށް އެދި ހުށައަޅާ ފޯމުގައި ވާގޮތާ ހިލާފަށް ކަމަށެވެ.

އެހެން ކަމުން 22 ރޯހައުސް ލިބޭނެ ފަރާތެއް މެދުގައި ބޭއްވި ގުރުއަތުލުން ބާތިލްކޮށް، 20 ޕޮއިންޓް ލިބުނު ފަރާތްތައް ނުހިމަނައި ގުރުއަތުލުން އަލުން ބޭއްވުމަށް ކުޅުދުއްފުށި ކައުންސިލް އިދާރާއަށް އެ ފަރާތުން ވަނީ އަންގާފައިއެވެ.

ރޯހައުސްއަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 30 ޕޮއިންޓް ހަމަ ނުވެ އެއްއަށް ވުރެ ދަށުން މާކުސް ލިބިގެން ގުރުއަތައް 234 ފަރާތެއް ދިޔަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 25 ޕޮއިންޓް ލިބިގެން ގުރުއަތަށް ދިޔަ 71 ފަރާތަކާއި 20 ޕޮއިންޓް ލިބިގެން ގުރުއަތަށް ދިޔަ 163 ފަރާތްތެކެވެ. އަދި އެފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވާފައިވަނީ މިދަޔަ މަހު 15 ވަނަ ދުވަހުގެރޭ އޭއީސީ ހޯލުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355