twitterviber whatsapp telegramfacebookyoutube instagram
13th July 2025

ނޮޅިވަރަމް ކައުންސިލުގެ ރައީސާއަށް އިންޒާރުދީ އޭނާގެ ގެއަށް ބަޔަކު ގެއްލުންދީފި

Jan 7, 2016

ހދ ނޮޅިވަރަމް ކައުންސިލުގެ ރައީސާ މަރިޔަމް ހަބީބަށް ބަޔަކު އިންޒާރުދީ އޭނާ ދިރިއުޅުއްވާ ގެއަށް ގެއްލުންދީފި އެވެ.

މަރިޔަމް ދިރިއުޅުއްވާ ގެއަށް ގެއްލުދީފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެގޭގެ ކުޑަ ދޮރެއްގެ ބިއްލޫރި ގަނޑެއް ތަޅައިލުމަށްފަހު، އެގޭ ބޭރު ދޮރުގައި ވަނީ އިންޒާރުގެ ނޯޓެއް ތަތްކޮށްފަ އެވެ. އޭގައިވަނީ ތިން ދުވަހުގެ ތެރޭގައި ނޮޅިވަރަމް ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ނުދީފިނަމަ މިއަށް ވުރެ ބޮޑުވަރުކޮށްލާނެ ކަމަށެވެ.

މިކަމާ ގުޅިގެން މަރިޔަމް ހަބީބްގެ ބަހެއް ހޯދާލުމަށްމިނޫހުން ގުޅުމުން  ފޯނަށް ޖަވާބު ނުދެއްވާތީ  ރައީސާގެ ބަހެއް ވަނީ ނުލިބިފަ އެވެ. ފޭސްބުކްގައި އޭނާ މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ދޭ އިންޒާރަކަށް ނުބަލައި ދާނީ ކުރިއަށް ކަމަށެވެ.

މަރިޔަމް ހަބީބްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވަނީ ހުސްވި ޑިސެމްބަރުމަހު 21 ގައި އެ ކައުންސިލުން ބޭއްވި އާންމު ބައްދަލުވުމެއްގައި ކައުންސިލްގެ ފަސް މެމްބަރުގެ ތެރެއިން ހަތަރު މެމްބަރުން ވޯޓް ދީގެންނެވެ.

އެހެން ނަމަވެސް މަރިޔަމް ހަބީބްގެ އިތުބާރު ނެތްކަމަށް ނަގާފައިވާ ވޯޓަކީ ޞައްޙަ ވޯޓެއް ނޫންކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ވަނީ މިމަހު ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355