ތާނިޔާ ސެލޫންގެ ފަރާތުން ކުރިއަށް ގެންދިޔަ ބިއުޓީ ތެރަޕީ ވޯކްޝޮޕް ނިންމާ ބައިވެރިންނަށް ސެޓްޕިކެޓް ހަވާލުކޮށްފި އެވެ.
ރޭ ހދ އޭއީސީ ހޯލުގައި ކުރިއަށް ގެންދިޔަ މި ޖަލްސާގައި ވަނަ ވަނަ އަށް ދިޔަ ކުދިންނަށް ސެޓްފިކެޓާއި އިނާމު ހަވާލުކޮށްފައިވަނީ ތާނީޔާ ސެލޫންގެ ސީއީއޯ ރޮޒީ ޝަރީފްގެ އިތުރުން ޖަލްސާގެ ޝަރަފްވެރި މެހެމާން ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް މަހުދީ ޝާހިދު އެވެ.
މި ޖެނުއަރީ މަހު 1 ން 8 ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ފޭޝަލް ހެއްދުމާއި، މޭކަޕް ކުރުމުމުގެ އިތުުން ފޭޝަލް އަދި މެނިކިޔޯ ދަސްކޮށްދެވިފައިވާ ކަމަށް އެ ސެލޫންއިން މައުލޫމާތު ދެއެވެ.
މި ވޯކް ސޮޕްގައި ޖުމްލަ 14 ކުދިން ވަނީ ބައިވެރިވެފަ އެވެ.