ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސިޒޭރިއަން ހެދުމަށް ފަހު، ލޭ މަނާނުވެގެން ހާލު ސީރިއަސްވި މީހާ ނިޔާވެއްޖެ އެވެ.
އައިޖީއެމްއެޗްގައި ފަރުވާދެނިކޮށް ނިޔާވި، 33 އަހަރުގެ އައިޝަތު ފަރިޔާލް ނިޔާވީ ރޭ ދަންވަރު 1:30 އެހާކަން ހާއިރު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެނިކޮށެވެ.
އައިޖީއެމްއެޗުން ރޭ ހާމަކޮށްފައިވާ ގޮތުގައި އަންހެން މީހާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށާއި ނޭވާ ލަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.
އިއްޔެ އެމަޖެންސީގައި ޓީއެމްއޭގެ ސީޕްލޭނެއްގައި މާލެ ގެންދިޔަ ފަރިޔާލް އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފެށީ އައިސީޔޫގަ އެވެ.
އަންހެން މީހާ ސިޒޭރިއަން ހެދުމަށް ފަހު ލޭ މަނާނުވުމުން، އޭނާގެ ގަޔަށް 40 ޕޮއިންޓަށްވުރެ ގިނަ ލޭ ވެސް އެޅި އެވެ. އަދި ލޭ މަނާކުރަން ރަހިމު ވެސް ނެގި އެވެ. ސިޒޭރިއަން އަށް ފަހު ނެގި ތުއްތު ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެ އެވެ. އޭނާގެ އިތުރު ދެ ކުދިން އެބަ ތިއްބެވެ.