twitterviber whatsapp telegramfacebookyoutube instagram
13th July 2025

ފަރިޔާލްގެ ސިޒޭރިއަން ހެދި ޑޮކްޓަރ ސަސްފެންޑްކޮށް ތަހުގީގަށް މާލެ ގެންދަނީ

Jan 10, 2016

ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރު ނިޔާވި އައިޝަތު ފަރީޔާލްގެ ސިޒޭރިއަން ހެދި ޑޮކްޓަރ ވަގުތީ ގޮތުން ސަސްޕެންޑްކޮށް މައްސަލަ ތަހުގީގު ކުރުމަށް މާލެ ގެންދިއުމަށް ހަމަޖެހިއްޖެ އެެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ވަހީދު ވިދާޅުވީ ސިޒޭރިއަން ހެދި ޑޮކްޓަރ މިހާރު ވަނީ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފަކަމަށާއި ވީހާ އަވަހަށް ތަހުގީގަށް ޑޮކްޓަރ މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާއިރު ތަހުގީގު ކުރައްވަނީ ހެލްތް މިނިސްޓްރީގައި އުފައްދާފައިވާ ސެކްޝަނުން ކަމަށާއި މި ތަހުގީގު އައިޖީއެމްއެޗްގެ ސެޕަޝަލިސްޓުންނާއި ކަމާބެހޭ ޑޮކްޓަރުންގެ ލަފާ ހޯދާނެ ކަމަށް އަބްދުﷲ ވަހީދު ވިދާޅުވިއެވެ. އެހެންނަަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށް ދާގޮތުގެ ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.

ސިޒޭރިއަން ހެދުމަށްފަހު ލޭ މަނާ ނުވެގެން އައިޝަތު ފަރިޔާލް މާލެ ގެންގޮސްފައި ވަނީ އިއްޔެ މެންދުރު ޓީއެމްއޭގެ ސީޕްލޭންއެއްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355