twitterviber whatsapp telegramfacebookyoutube instagram
13th August 2026

14 އަހަރުން ދަށުގެ ޓެނިސް ޓީމުގެ ޕާރޓްނަރަކަށް ދިރާގު ހަމަޖައްސައިފި

Jan 10, 2016

މި ޖެނުއަރީ މަހު 17 ން 30 އަށް ތައިލެންޑްގައި ކުރިއަށްދާ އިންޓަނޭޝަނަލް ޓެނިސް ފެޑަރޭޝަން (އައި.ޓީ.އެފް) އޭޝިޔާ އަންޑަރ-14 ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕްގެ ޑިވިޝަން 2 ގައި، ދިވެހިރާއްޖެ ތަމްސީލުކުރާ 14 އަހަރުން ދަށުގެ ޓީމުގެ މެއިން ޕާރޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

16 ގައުމެއް ބައިވެރިވާ މި ކޭމްޕުގައި ދިވެހިރާއްޖެއިން 3 އަންހެން ކުޅުން ތެރިންނާއި 3 ފިރިހެން ކުޅުންތެރިން ފުރުސަތު ލިބިފައި ވެއެވެ. އެގޮތުން މި ކޭމްޕުގައި، އެއް ދުވަހުގެ ޓްރެއިނިންގ ކޭމްޕެއްގެ އިތުރުން 5 ދުވަހުގެ ދެ މުބާރާތެއްގައި މި ކުދިން ވާދަކުރާނެއެވެ.

މިމުބާރާތަކީ، ހުނަރުވެރި ކުޅުންތެރިން ދުނިޔޭގައި އުފެއްދުމުގެ މަގްސަދުގައި ގާއިމްކުރެވިފައިވާ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ ގްރޭންޑް ސްލޭމް ޑިވެލޮޕްމަންޓް ފަންޑުން ސަޕޯރޓްކުރާ އިވެންޓެކެވެ.

މި އެއްބަސްވުމާއި ބެހޭގޮތުން ދިރާގުގެ މާކެޓިންގ ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުހަންމަދު މިރުޝާން ހަސަން ވިދާޅުވީ ކުޅިވަރުތައް އިތުރަށް ތަރައްގީކޮށް އެފަދަ ކަންކަމުގައި ޒުވާނުންނަށް ހުރި ފުރުސަތުތައް ތަނަވަސް ކޮށްދިނުމަކީ ދިރާގުގެ ވަރަށް މުހިންމު އެއް އަމާޒެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355