twitterviber whatsapp telegramfacebookyoutube instagram
18th May 2025

މުޒާހަރާގެ ސަބަބުން ހޮސްޕިޓަލުގައި ތިބި ބަލި މީހުން ނުތަނަވަސްކަމެއްގެ ތެރެއަށް!

Jan 10, 2016

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ގިނަ ބަޔަކު ވަދެ މުޒާހަރާ ކުރުމުގެ ސަބަބުން ހޮސްޕިޓަލަށް ދައްކަން އައިސް ތިބި ބަލި މީހުންނަށް އުނދަގޫ ވެގެން ޝަކުވާކޮށްފި އެވެ.

ސިޒޭރައަން ހެދުމުގެ ތެރޭގައި ހާލު ސީރިއަސްވި އައިޝަތު ފަރިޔާލު ނިޔާވުމާ ގުޅިގެން ކުރަމުންދާ މި މުޒާހަރާގައި ބައިވެރިން ހޮސްޕިޓަލް ތެރޭގައި ދަނީ އަޑުގަދަކުރަމުން ނެވެ.

ގިނަ އަދަދެއްގެ ފުލުހުން ހޮސްޕިޓަލުގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަކަމުގައި ވިޔަސް، މުޒާހަރާގެ ބައިވެރިން ދަނީ އަޑުގަދަ ކުރަމުންނެވެ. މުޒާހަރާ ކުރާމީހުން ކޮންމެވެސް ވަރަކަށް ފަހަތައް ޖައްސައިފައި ވީނަމަވެސް، އެމީހުން އެސަރަހައްދުން ބޭރުކުރުމަށް ފުލުހުން މާބޮޑު މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ.

ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް ބަލިމީހެއްގެ އެހީތެރިއެއް ވާހަކަ ދައްކަމުން ބުނީ، މުޒާހަރާ ކުރާބައެއްގެ ސަބަބުން ބަލިމީހުންނަށް އުނދަގޫ ފޯރައިގެން ނުވާނެ ކަމަށާއި އެމީހުން ހުއްޓުވުމަށް ފުލުހުން ނުކުޅެދިފައި ވާކަމަށެވެ. އަދި ކޮންމެ ކަމެއް ގޯހުން ގޮސްފައި ވީނަމަވެސް ހޮސްޕިޓަލުގައި ތިބި ބަލިމީހުންނަށް އުނދަގޫ ވާވަރަށް ހަޅޭއްލަވައި އަޑުގަދަކޮށް، ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައިގެން ނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މުޒާހަރާގެ ބައިވެރިން ދަނީ ހޮސްޕިޓަލުގެ އޯޕީޑީ ސަރަހައްދަށް ވަދެ ހޮސްޕިޓަލުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވަމުންނެވެ. އަދި ހަޑިހުތުރު ބަހުން ދަނީ އެއްޗެހި ގޮވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355