ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލު ކުރުމަކީ އަމާޒެއް ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.
“އަވަސް” އަށް ދީފައިވާ އިންޓަވިއެއްގައި އަބްދުﷲ ވަހީދު ވިދާޅުވީ މި އަހަރުގެ ނިޔަލަށް ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެބްވަރުގެ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށާއި އޭގެ ކުރިންވެސް ހޮސްޕިޓަލްގެ ކަންކަން ހަރުދަނާ ކުރައްވާނެ ކަމަށެވެ.
އެގޮތުން ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލު ކުރުމަށް މިނިސްޓްރީން ނިންމާފައިވާއިރު ޓްރީޓްމެންޓްގެ ފެންވަރާއި އިންސާނީ ވަސީލަތާއި އިކްއިޕްމެންޓްތައް އިތުރުކުރުން ހިމެނޭ ކަމަށް އަބްދުﷲ ވަހީދު ވަނީ ވިދާޅުވެފަ އެވެ.
އޭގެ އިތުރުން އިތުރު ތަހުގީގަށް އައިޝަތު ފަރިޔާލުގެ ސިޒޭރިއަން ހެދި ޑޮކްޓަރ މިއަދު މެންދުރުފަހު މާލެ ގެނެސް ސުވާލު ކުުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އަބްދުﷲ ވަހީދުވަނީ ވިދާޅުވެފަ އެވެ.
ކުޅުދުއްށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލު ކުރުމަކީ ރައީސް ޔާމީން ގެ ރިޔާސީ ވައުދެކެވެ.