ކުޅުދުއްފުށި ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރު ދަށް ވުމުގެ ސަބަބުން މިއަދު ހޮސްޕިޓަލު ދޮށަށް އެއްވެ މުޒާހަރާގައި ބައިވެރިވުމަށް ރަށުތެރޭގައި ތާޅަފިލިން ގޮވި ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މުޒާހަރާގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދެއްވަމުން ބުނީ ހައްޔަރު ކޮށްފައިވަނީ 2 މީހަކު ކަމަށެވެ.
މުޒާހަރާ މިއަދުވެސް ކުރިޔަށް ގެންދަން ނިންމަވާފައި ވަނީ ކައުންސިލުން ހެލްތު މިނިސްޓްރީއަށް ފަރިޔާލުގެ މައްސަލައާއި ހޮސްޕިޓަލުގެ ފެންވަރު ދަށްވުމާ ގުޅިގެން ސިޓީ ފޮނުވި ނަމަވެސް ހެލްތު މިނިސްޓްރީއިން އެއްވެސް ސިޓީއެއް ލިބި ނުލައްްވާ ކަމަށް ބުނެ މިނިސްޓްރީގެ އެއްބާރު ލުމެއް މިކަމުގައި ނުލިބޭތީ ކަމަށް އޭނާ ބުންޏެވެ.
މިމައްސަލާގައި 2 މީހަކު ހައްޔަރުކޮށްފައިވަނީ އެއްވެ މުޒާހަރާ ކުރުން މަނާ ސަރަހައްދަކަށް އެއްވާން ގޮވުމުން ކަމަށް ކުޅުދުއްފުށި ޕޮލިހުން މައުލޫމާތި ދިނެވެ. އަދި އެ ދެމީހުންގެ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.