twitterviber whatsapp telegramfacebookyoutube instagram
13th August 2026

ހދ އަތޮޅުގައި އެމްއެންޑީއެފްގެ ކޮމާންޑް ސެންޓަރެއް ހެދުމުގެ މަސައްކަތް މި އަހަރު ފަށާނެ

Jan 12, 2016

ސިފައިންގެ އަސްކަރިއްޔާ މިހާރަށްވުރެ ހަރުދަނާ ކުރުމަށް ހދ، ށ، އަދި ނ އަތޮޅަށް އަމާޒުކޮށް ހދ ހަނިމާދޫގައި ކޮމާންްޑް ސެންޓަރެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ޑިޕެންސް މިނިސްޓަރ ޑރ އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އަސްކަރިއްޔާ ވަރުގަދަ ކުރުމުގެ އިތުރަށް ފުލުހުންނަކީ މިހާރަށްވުރެ ގާބިލް ބަޔަކަށް ހެދުމަށްޓަކައި ތައުލީމާއި ތަމްރީނުގެ ދާއިރާ އިންވެސް މަސައްކަތްތަކެއް ކުރަން ޖެހޭކަމަށާއި އެގޮތުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ސިފައިންގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށްޓަކައި ކޮމާންޑް ސެންޓަރުތަކެއް ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ސިފައިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭގެ އިތުރުން ސިފައިންނަށް ބޭނުންވާ ތަމްރީނާއި ތައުލީމު މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ހޯދޭނެ މަގު ފަހިކުރުމުގެ ގޮތުން ސިފައިން ގޭގައި މިހާރު ގާއިމްކޮށްފައިހުރި ޓްރެއިނިން އިންސްޓިޓިއުޝަން ކޮލެޖަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށާއި އަދި އެ މަސައްކަތް މިއަހަރުގެ ތެރޭގައި ކޮށް ނިންމާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355