ކުޅުއްދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ފެންވަރު ދަށް ވުމުގެ ސަބަބުން ކުރަމުންދާ މުޒާހަރާ މިރޭ ވެސް ކުރިޔަށް ގެންގޮސްފިއެވެ.
މިރޭގެ މުޒާހަރާ ފަށާފައިވަނީ 8:30 އެހާކަށްހާއިރު ކުޅުދުއްފުށި ހޮސްޕިޓަލާ ދިމާލު ބަންޑާރަ މަގުގައި އެވެ. އަދި މިމުޒާހަރާގައި ގޮވަމުން ދަޔައީ ހޮސްޕިޓަލުގެ މެނޭޖަރ އިބްރާހިމް ވަހީދުއާއި ޒިންމާދާރު ވެރިޔާ މުހައްމަދު ހަސަނުގެ އިސްތިއުފާއަށެވެ. މުޒާހަރާ ކުރަމުންދާ ސަރަހައްދުގައި ފުލުހުން ދަނ ފޯރި މަރާފައިއެވެ.
ތަފާތު ސުޢޫރުތައް ލިޔެފައި ހުރި ޕޯސްޓަރުތައް ހިފައިގެން ކުރިއަށްދާ މި މުޒާހަރާގައި ބައިވެރިވެފައިވަނީ ފަންސާހަކަށް މީހުންނެވެ.
މީގެ އިތުރުން މިރޭގެ މުޒާހަރާގައި ކައުންސިލުގެ މެމްބަރުންނާއި ކުޅުދުއްފުށި ދާއިރާގެ މަޖިލިސް މެމްބަރުންގެ އިސްތިއުފާއަށްވެސް ގޮވާފައިވާކަން ފާހަގަކޮށްލެވެއެވެ.
މިރޭގެ މުޒާހަރާ ނިންމާލަމުން މާދަމާ ރޭވެސް ހަމަ އެސަރަހައްދުގައި މުޒާހަރާ ކުރިޔަށްދޭނެ ކަމުގެ އިއުލާން ކޮށްފައިވެއެވެ.
ސިޒޭރައަން ހެދުމުގެ ތެރޭގައި ހާލު ސީރިއަސްވެ އައިޝަތު ފަރިޔާލު ނިޔާވުމާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ވެސް ވަނީ ހޮސްޕިޓަލު ތެރޭގައި މުޒާހަރާކޮށްފައިއެވެ. އަދި އެމައްސަލަ ތަހުގީގު ކުރުމައްޓަކައި ހާއްސަ ޓީމެއް މިއަދު ވަނީ ކުޅުދުއްފުއްޓަށް އައިސްފައިއެވެ.