twitterviber whatsapp telegramfacebookyoutube instagram
18th May 2025

މެޝިނުގައި މައްސަލައެއް ދިމާވެގެން ކުޅުދުއްފުށީ ހޮސްޕިޓަލުން ދަތް ނެގުން ހުއްޓުމަކަށް

Jan 13, 2016

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދެއްމުންދާ ދަތުގެ ފަރުވާ މެޝިނަށް ދިމާވި މައްސަލައަކާ ގުޅިގެން ދަތުގެ ފަރުވާ ދިނުމަށް ބުރޫއަރާފި އެވެ.

“ކުޅުދުއްފުށި އޮންލައިން” ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސާވިސަސް އިބުރާހިމް ވަހީދު މިއަދު ވިދާޅުވީ ދަތުގެ ފަރުވާ ދިނުން އެއްކޮށް ހުއްޓިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ދަތުގެ މެޝިނުގެ އެތިކޮޅެއް ހަލާކުވެފައިވާ ކަމަށާއި އެ އެތިކޮޅު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

” މެޝިނުންގެ ކުޑަ ޕީސްއެއް ހަލާކުވީ. އެ ޕީސް ވީހާވެސް އަވަހަކަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން ” ވަހީދު ވިދާޅުވި އެވެ.

ހއ އަތޮޅަށް ނިސްބަތްވާ މީހަކު މިނޫހަށް ކިޔައިދެމުން ބުނީ ދެދުވަސް ކުރި އެޕޮއިންޓްމެންޓް ހަދައިގެން މިއަދު ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިއުމުން މެޝިނުގައި މައްސަލައެއް ދިމާވެގެން ދަތް ނެގެން ނެތް ކަމަށް ބުނެ ފޮނުވާލައިފައިވާ ކަމަށެވެ.

” ދެ ދުވަސް ކުރިން އެޕޮއިންޓްމެންޓް ހަދައިގެން މިއަދު ހޮސްޕިޓަލަށް ދިއުމުން މި ބުނީ މެޝިނުގައި މައްސަލަ ޖެހިފައި އޭހުރީ ދަތް ނެގޭކަށް ނެތޭ. މިއީ ކިހާ ދެރަކަމެއް އަޅުގަނޑު މިހާރު 3 ދުވަސް މިވީ ކުޅުދުއްފުށީގައި ކުއްޔަށް ތަނެއް ނަގައިގެން ހުންނަތާ ” ހިތްހަމަނުޖެހިހުރެ އެމީހާ ކިޔައިދިނެ އެވެ.

ކުޅުދުއްފުށި އޮންލައިނަށް އެގިފައިވާގޮތުގައި ދަތުގެ މެޝިނުގައި މައްސަލަ ޖެހިފައިވާތާ މިއަދަށް ތިން ދުވަސް ވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355