twitterviber whatsapp telegramfacebookyoutube instagram
15th February 2026

އާ އަހަރުގެ ކިޔެވުން ފެށުނުއިރު ށ. އަތޮޅު ތައުލީމީ މަރުކަޒުގައި ޓީޗަރުން މަދު، ބައެއް ފޮތްތައް ހަމަނުވޭ

Jan 13, 2016

ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށިފައިވާއިރު ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުން ފެށިފައިވަނީ ޓީޗަރުންނާއި ބައެއް ފޮތްތަކުގެ ދަތިކަމާއެކު ކަމަށް އެ ސްކޫލުން ބުނެފިއެވެ.

“ކުޅުދުއްފުށި އޮންލައިނަ”ށް މައުލޫމާތު ދެއްވަމުން އެ ސްކޫލުގެ އޮފިޝަލަކު ބުނެފައި ވަނީ ގުރޭޑް 5 ގެ ސޯޝަލް ސްޓަޑީސް ފޮތާއި ގުރޭޑް 2 ގެ ދިވެހި ށ ފޮތުގެ އިތުރުން ފޮތް މަދުވުމުގެ ސަބަބުން ގުރޭޑް ހަތެއްގެ 27 ކުދިންނަކަށް އިނގިރޭސި ފޮތް ނުލިބޭ ކަމަށެވެ.

މީގެ އިތުރުން ސްކޫލްގައި ސެކަންޑަރީ ފެންވަރުގައި ކިޔަވައިދިނުމަށް ކެމިސްޓްރީ އަދި ޓްރެވެލް އެންޑް ޓޫރިޒަމްގެ ޓީޗަރަކު މަދުވާ ކަމަށް އެ ސްކޫލުން ބުންޏެވެ. ނަމަވެސް މި ދެމާއްދާގެ ޓީޗަރުން 2 ހަފްތާ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށް އެ ސްކޫލުން ބުނެފައިވެއެވެ.

އޭގެ އިތުރުން ސްކޫލަށް އިމާރާތުގެ ދަތިކަން ކޮންމެސް ވަރަކަށް ދިމާވެފައިވާ ކަމަށް އެސްކޫލުން ހާމަކުރިއެވެ. ޕްރައިމަރީ އަދި ސެކަންޑަރީ ފެންވަރަށް ކިޔަވައިދެމުން އަންނަ ށ.އަތޮޅު ތައުލީމީ މަރުކަޒުގައި ޖުމްލަގޮތެއްގައި ހުންނަނީ 16 ކުލާސްބަރި އެވެ.

ދިރާސީ އައު އަހަރު ފެށުމާއެކު އަލަށް ގުޅުނު 169 ދަރިވަރާއެކު މިއަހަރު 617 ދަރިވަރަކު އެ ސްކޫލުގައި ތައުލީމު ހާސިލް ކުރާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355