twitterviber whatsapp telegramfacebookyoutube instagram
12th April 2026

އިހުތިޖާޖްތައް ހުއްޓާލުމަށް މާލެއިން އައި ވަފުދުން އެދިއްޖެ

Jan 14, 2016

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖްމަންޓާ ދެކޮޅަށް މިހާރު ކުރަމުން އަންނަ އިހުތިޖާޖުތައް ހުއްޓާލުމަށް، ފަރިޔާލުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް މާލެއިން އައި ވަފުދުން އެދި ލައްވައިފި އެެވެ.

އިހްތިޖާޖުތަކުގައި އިސްކޮށް އުޅޭފަރާތްތަކާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ވަފުދުބެ ބޭފުޅުންވަނީ އިހްތިޖާޖުތައް ހުއްޓާލުމަށް އެދިފައި ކަމަށާއި ސަބަބެއްކަމަށް އެބޭފުޅުން ވިދާޅުވަނީ އިހްތިޖާޖުތަކުގެ ސަބަބުން ހޮސްޕިޓަލުގައި މިހާރު މަސައްކަތް ކުރާ ޑޮކްޓަރުންގެ މެދުގައި ބިރުވެރިކަން އުފެދި ރަށުން ފުރުމަށް ޑޮކްޓަރުން އެދެމުންދާތީ ކަމަށް އިހްތިޖާޖުގައި އިސްކޮށް އުޅޭފަރާތަކުން މައުލޫމާތު ދިނެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން އިހްތިޖާޖުތަށް ރޭވުމުގައި އިސްކޮށްއުޅޭ ފަރާތެއް ބުނީ އިހްތިޖާޖްތަށް މިހާރު ވަނީ ފަސްކޮށްފައި ކަމަށާއި އެހެންނަމަވެސް ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތަކަށް އަވަސް ފިޔަވަޅެއް ނާޅައިފިނަމަ އަލުން އިހްތިޖާޖް ކުރާނެ ކަމަށެވެ.

އޭގެ އިތުރުން ހޮސްޕިޓަލްގެ ބައެއް މައްސަލަތަށް އިހްތިޖާޖްގައި އިސްކޮށްއުޅޭފަރާތަކުން އަމިއްލައަށް އެ ވަފުދުގެ ބޭފުޅުންނަށް ހުށަހަޅާފައިވާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ފަރިޔާލްގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް މާލެއިން އައި ޓީމުގައި ހެލްތް މިނިސްޓްރީގެ ބޭފުޅުންނާއި އައިޖީއެމްއެޗް ގެ އިސް ޑޮކްޓަަރުން ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355