twitterviber whatsapp telegramfacebookyoutube instagram
13th August 2026

ހއ އާއި ހދ ގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް މިއަހަރު ހާއްސަ ސަމާލުކަމެއް ދޭނަން

Jan 18, 2016

ހއ އަތޮޅާއި ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް މިއަހަރު ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ދައުލަތުގެ މީޑިއާގައި މައުލޫމާތު ދެއްވަމުން ޑެޕިއުޓީ މިނިސްޓަރ އޮފް ޓުއަރިޒަމް ހުސެއިން ލިރާރު ވިދާޅުވީ ފަތުރުވެރިކަން ތަރައްގީކުރުމަށް މިއަހަރުތެރޭ ހއ، ހދ، ލ އަދި ހުވަދު އަތޮޅަށް ހާއްސަ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ލިރާރު ވިދާޅުވީ މިހާރުވެސް ރާއްޖޭގައި ފަންސާހަށްވުރެ ގިނަ ރަށެއްގައި ރިސޯޓް ތަރައްގީކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

އެހެން ނަމަވެސް މިއަހަރު ތެރޭ ހުޅުވޭނެ ކަމަށް ލަފާ ކުރެވެނީ 3 ރިސޯޓްް ކަމަށާއި އެހެން ނަމަވެސް އަމާޒަކީ ފަސް އަހަރު ދުވަހުގެތެރޭގައި 50 ރިސޯޓްގެ އަމާޒު ހާސިލް ކުރުން ކަމަށް ލިރާރު ވިދާޅުވިއެވެ.

2017 އަދި 2018 ވަނަ އަހަރުގެ ތެރޭ ރާއްޖޭގައި ގިނަ އަދަދަކަށް ރިސޯޓް ހުޅުވިގެންދާނެކަމަށް ލަފާ ކުރެވޭ ކަމަށްވެސް ލިރާރު ވިދާޅުވިއެވެ.

ރާއްޖޭގައި ހަމައެކަނި ރިސޯޓެއް އޮޕަރޭޓް ނުކުރާ އަތޮޅުކަމަށްވާ ހދ އަތޮޅުގައި ރިސޯޓް ތަރައްގީކުރުމަށް 3 ރަށް ދޫކޮށްފައިވާއިރު އެތަނުން ބައެއް ރަށް ދޫކޮށްފައިވާތާ މިހާރު ވަނީ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފަ އެވެ.

ހދ.އަތޮޅުގައި ރިސޯޓެއް ހުޅުވިފައި ނުވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް ރިސޯޓެއް ހުޅުވުމަށް އަތޮޅު ކައުންސިލުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355