twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ކުޅުދުއްފުއްޓަށް ފޮނުވަން ހަމަޖެހުނު އަންހެނުންގެ ހާއްސަ ޑޮކްޓަރު ރަށަށް އައުމަށް ދެކޮޅު ހަދައިފި

Jan 18, 2016

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވަން ހަމަޖެހުނު އަންހެނުންގެ ހާއްސަ ޑޮކްޓަރު ކުޅުދުއްފުއްޓަށް އައުމަށް ދެކޮޅު ހަދައިފި އެވެ.

އިތުބާރު ހުރި ފަރާތަކުން “ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްވަމުން ވިދާޅުވީ ޑޮކްޓަރ ލުއިސްގެ ބަދަލުގައި ކުޅުދުއްފުއްޓަށް ފޮނުވުމަށް ބޭރުން ގެނައި ގައިނީ ޑޮކްޓަރެއް ރަށަށް އައުމަށް ދެކޮޅު ހެދީ މަސްލަހަތު ތަން ނުދޭތީ ކަމަށް ބުނެ އެވެ.

ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގެ ޒިންމާދާރުވެރިޔާ މުހައްމަދު ހަސަން ވިދާޅުވީ މިނިސްޓްރީން އިއްޔެ އެހޮސްޕިޓަލަށް ގައިނީއެއް ހަމަޖެހުނު ވާހަކަ ވިދާޅުވި ކަމަށާއި އެހެން ނަމަވެސް އޭނާ ހޮސްޕިޓަލަށް އައުމަށް އުޒުރުވެރިވާ ކަމަށް މިނިސްޓްރީން ފަހުން އެންގި ކަމަށެވެ.

އެހެން ނަމަވެސް އެ ޑޮކްޓަރު ކުޅުދުއްފުއްޓަށް އައުމަށް އުޒުރުވެރިވީ ކޮން ސަަބަބަކާ ހުރެ ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ އިތުރު ގައިނީ އެއް ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާކުރިއަށް ގެންދާ ކަމަށެވެ.

މަސްލަހަތު ތަން ނުދޭ ކަމަށް ބުނެ ގައިނީއެއް ކުޅުދުއްފުއްޓަށް އައުމަށް ދެކޮޅު ހަދައިފައި މިވަނީ ދާދި ފަހު ސިޒޭރިއަން ހެދުމުގެ ތެރޭގައި ދިމާވި  ލޭ މަނާ ނުވެ ނިޔާވި މައްސަލައިގައި ގިނަ ބަޔަކު އިހްތިޖާޖު ކޮށްފައިވަނިކޮށްނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުންނަށް ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355