twitterviber whatsapp telegramfacebookyoutube instagram
15th February 2026

އުރުދޫ ބަސް ދަސްކޮށްދޭ ކުލާހެއް ކުޅުދުއްފުށީގައި ފަށަނީ

Jan 19, 2016

އުރުދޫ ބަސް ދަސްކޮށްދޭ ކުލާހެއް ކުޅުދުއްފުށީގައި އަންނަ ފެބްރުއަރީ މަހު ފެށުމަށް ހަމަޖެހިއްޖެ އެވެ.

ކުޅުދުއްފުށި “ދަސްވެހި” ކުލާހުގެ ފަރާތުން ފެށުމަށް ހަމަޖެހިފައިވަ އުރުދޫ ބަސް ދަސްކޮށްދޭ މި ކުލާހުގައި އެ ބަސް ލިޔަން އަދި ކިޔަން ދަސްކޮށްދެވޭނެ ކަމަށް ކޯސް ހިންގުމުގައި އިސްކޮށްއުޅޭ ފަރާތެއް ކަމަށް ވާ އަލީ އިސްމާއިލް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

އެގޮތުން 10 ބައިވެރިން ހަމަވުމުން އަންނަ ފެބްރުއަރީ މަހު 1 ގައި ކޯސް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި މި ކޯހަކީ ބޭސިކް ކޯހެއް ކަމަށް އަލީ އިސްމާއިލް ވިދާޅުވި އެވެ.

ކޯހުގެ މުއްދަތަކީ 1 އަހަރު ކަމަށާއި ކޯހުގެ ފީ އެއްގެ ގޮތުގައި ހަމަޖެހިފައިވަނީ މަހަކު 250ރ. ކަމަށް އަލީ އިސްމާއިލް ވިދާޅުވި އެވެ.

އޭގެ އިތުރުން ކުރިއަށް އޮތްތަނުގައި މީގެ އިތުރު ކޯސްތަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އުރުދޫގެ ބަހުގެ އިތުރުން އިނގިރޭސި ދަސްކޮށްދިނުމުގެ ކޯސްތަކެއްވެސް ފެށުމަށް މައްސަކަތް ކުރާ ކަމަށް އަލީ އިސްމާއިލް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355