twitterviber whatsapp telegramfacebookyoutube instagram
18th May 2025

ބޯޒިޔާރަތް ސަރަހައްދުގައި އާޓިފިޝަލް ބީޗް ހެދުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

Jan 18, 2016

ކުޅުދުއްފުށީ ބޯޒިޔާރަތް ސަރަހައްދުގައި އާޓިފިޝަލް ބީޗް ހަދައި އެސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގާ މަޝްރޫއު ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.

“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލް މެމްބަރު އިބުރާހިމް ރަޝީދު ވިދާޅުވީ ބޯޒިޔާރަތް ސަރަހައްދުގައި ހަދަން ހަމަޖެހިފައިވާ އާޓިފިޝަލް ބީޗާއި އެސަހަރައްދު ގިރަމުން ދާތީ އެކަން ހައްލުކުރުމަށް ހިންގަން ހަމަޖެހިފައިވާ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ފެށޭނެ ކަމަށެވެ.

” ބުރާސްފަތި ދުވަހު ކެޕިޓަލް އިންވެސްޓްމެންޓުގެ ބޭފުޅެއް މިރަށަށް ވަޑައިގެން ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށް ” އިބުރާހިމް ވިދާޅުވި އެވެ.

ސަރުކާރުން މިމަޝްރޫއު ހަވާލުކޮށްފައިވާ ކެޕިޓަލް އިންވެސްޓްމެންޓް އެންޑް ފިނޭންސް ޕްރައިވެޓް ލިމިޓެޑާ ހަވާލާދީ އިބުރާހިމް ވިދާޅުވީ މޫދަށް އެރޭ ސަރަހައްދުގެ ގޮތުގައި 60 ފޫޓާއި 100 ފޫޓްގެ ސަހަރައްދެއް ހެދޭނެ ކަމަށާއި އަދި ބީޗްގެ ގާތައް ނަގައި އެތަނަށް ވެލި އަޅައި ރީތި ކުރެވިގެންދާނެ ކަމަށެވެ.

އެސަރަހައްދުގެ ގިރުން ހުއްޓުމުގެ ގޮތުން ބޭރު ތޮށިން ކުޑަ ތަންކޮޅެއް އެތެރެއަށް ވާގޮތަށް ވޯޓާ ބުރޭކަކާއެކު 710 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން އެ ސަރަހައްދުގައި ޖުމްލަ ތިން ވޯޓާ ބުރޭކެއް ލުމަށް ހަމަޖެހިފައިވެ އެވެ. އެއީ 120 މީޓަރުގެ ވޯޓާ ބުރޭކަކާއި 140 މީޓަރުގެ ވޯޓާ ބުރޭކަކާއި ރިވެޓްމެންޓާ އެކު ޖެހުމަށް ހަމަޖެހިފައިވާ 450 މީޓަރުގެ ވޯޓާ ބުރޭކެކެވެ. ކޮންމެ ވޯޓާ ބުރޭގެ ގެ ދެމެދުގައި 18 މީޓާރާއި 20 މީޓަރުން ހުންނާނެ އެވެ.

މިމަޝްރޫއު ފަށާތީ ބޯޒިޔާރަތް ސަރަހައްދުން ފެށިގެން އިންޖީނުގޭ ސަރަަހައްދާ ދޭތެރޭގައި ހުރި ބޮނބި ފާތައް މިމަހުގެ 26 ކުރިން ނެގުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355