twitterviber whatsapp telegramfacebookyoutube instagram
13th July 2025

ފުނަދޫގައި ބްރެސްޓް ފީޑިން ކައުންސިލިން ވޯކްޝޮޕެއް ފަށައިފި

Jan 19, 2016

ށ ފުނަދޫގައި ބްރެސްޓް ފީޑިން ކައުންސިލިން ވޯކްޝޮޕެއް މިއަދު ފަށައިފި އެވެ.

މި ކައުންސިލިން ވޯކްޝޮޕްގައި ބްރެސްޓް ފީޑިންގައި ބޭނުންވާ ކައުންސިލިންގެ މައުލޫމާތާއި ބްރެސްޓް ފީޑިންގެ ޓެކްނީކުތަކުގެ އިތުރުން ބްރެސްޓް ފީޑިންގައި ދިމާވާ މައްސަލަތަކާއި އެކަމަށް އޮތް ހައްލު ތަކުގެ މައުލޫމާތު ދެވިގެންދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން ށ އަތޮޅު ޕަބްލިކް ހެލްތުގެ އިންޗާޖު އަހުމަދު ޒާހިދު “ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދިނެވެ.

އަހުމަދު ވިދާޅުވީ މިއަދު ފެށި މިވޯރކްޝޮޕުގައި ޖުމްލަ 22 ފަރާތަކުން ބައިވެރިވެފައިވާ ކަމަށާއި ވޯރކްޝޮޕް 3 ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާނެ ކަމަށެވެ. އަދި މި ވޯރކްޝޮޕްގައި މައުލޫމާތު ދެއްވުމަށް އިންވިޖިލޭޓަރުންގެ ގޮތުގައި ތިއްބެވީ އައިޖީއެމްއެޗްގެ ހަތަރު ބޭފުޅަކުއެވެ.

ށ އަދި ނ އަތޮޅަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މި ވޯރކްޝޮޕް ބޭއްވުމުގައި ޔުނިސެފް އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ފަންޑުކޮށް އެހީވެދީފައިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355