twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ސްކޮލަޝިޕްތަކަކާއެކު ގްރޭޑް 11 އަށް ވަނުމުގެ ފުރުސަތު ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ހުޅުވާލައިފި

Jan 21, 2016

ސްކޮލަޝިޕްތަކަކާއެކު ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ގްރޭޑް 11 އަށް ވަނުމުގެ ފުރުސަތު އެ ސްކޫލުން ހުޅުވާލައިފި އެވެ.

އެ ސްކޫލްގެ ގްރޭޑް 11 އަށް ވަންނަ ދަރިވަރުންނަށް ހާއްސަކޮށް ތައާރަފުކޮށްފައިވާ ސްކޮލަޝިޕްތައް ހާސިލް ކުރާ ދަރިވަރުންނަށް ކަނޑައެޅިފައިވާ ފައިސާގެ އެލަވަންސް ގްރޭޑް 12ގެ ކިޔެވުން ނިމެންދެން އެދަރިވަރުންނަށް ލިބެމުން ދާނެ ކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ.

އެގޮތުން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ގްރޭޑް 11 އަދި 12 އަށް ކިޔެވުމަށްލިބޭ ފުރުސަތަކީ އެންމެ ފުރިހަމަ ވަސީލަތްތަކާއި ތަޖުރިބާކާރު މުދައްރިސުންގެ އަރިހުން މާލޭގައި ހުރި އެންމެ ހިތްގައިމު ސްކޫލު މާހައުލުގައި ކިޔެވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި އެ ސްކޫލުގެ ދަރުވަރުން ކިޔަވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޕޮންސަރޝިޕްގެ ދަށުން، ހިލޭކަމަށްވެސް ސްކޫލުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން އެސްކޫލްގެ ދަރިވަރުންގެ ކިޔެވުން އިންތިޒާމް ކޮށްފައި ހުންނަގޮތާއި ހިންގާ ސްކޫލު ޕްރޮގްރާމްތަކުގެ މައުލޫމާތު އަދި މިހާރާއި ކުރީގެ ދަރިވަރުންގެ ތަޖުރިބާ ދެނެގަތުމަށް ޖެނުއަރީ 29 ދުވަހު ސްކޫލުގައި ހާއްސަ އޯޕަން ޑޭ އެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ސްކޫލުން މައުލޫމާތު ދެއެވެ.

ސްކޫލަށް ވަނުމަށް އެދޭފޯމާއި މައުލުމާތު ކަރުދާސް ސްކޫލުގެ އޮފީހުންނާއި ސްކޫލުގެ ވެބް ސައިޓުން ލިބެންހުންނާނެ ކަމަށް އެތަނުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355