twitterviber whatsapp telegramfacebookyoutube instagram
13th August 2026

ކުޅުދުއްފުށީގެ ތަރައްގީއަށް ފާއިތުވެދިޔަ 4 އަހަރު ސަރުކާރުން އެކަށީގެންވާ ކަމެއް ކޮށްދީފައެއް ނުވޭ

Jan 23, 2016

2012 ވަނަ އަހަރުން ފެށިގެން މިހުސްވި އަހަރާ ހަމައަށް ސަރުކާރުން ކުޅުދުއްފުށީގެ ތަރައްގީއަށް އެކަށީގެންވާ ކަމެއް ކޮށްދީފައި ނުވާ ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

“ކުޅުދުއްފުށި އޮންލައިނުން” ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަލީ ވިދާޅުވީ 2012 ވަނަ އަހަރު އަމީނީމަގުގެ ތާރުކޮޅެއް އަޅާލުން ފިޔަވައި، އެކަށީގެންވާ އިތުރު އެހެން ކަމެއް ކުޅުދުއްފުށީގެ ތަރައްގީއަށް ސަރުކާރުން ނުކޮށްދޭ ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

ހުއްޓިފައި ހުރި ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން އަލީ ވިދާޅުވީ ޒަމާނީ ފެންވަރަކަށް މަގުތައް ހެދުމުގެ މަސައްކަތް 2010 އަހަރު ފެއްޓި ނަމަވެސް އޭގެ ދެ އަހަރު ފަހުން އެމަސައްކަތް ވެސް ހުއްޓިފައިވާ ކަމަށެވެ.

މަގު ހެދުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވާ ލަންކާގެ ސިއެރާ ކުންފުނިން މިހުސްވި އަހަރު ނޮވެމްބަރުމަހު ކައުންސިލާ ބައްދަލުކޮށް ޑިސެމްބަރުމަހުގެ ނިޔަލަށް އެކަމަށް ބޭނުންވާ އެކިއުޕްމެންޓްތައް ރަށަށް ގެނެވޭނެ ކަމަށް ވިދާޅުވި ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި އޭގެ ކުރިން 2014 ވަނަ އަހަރުވެސް މަގު ހެދުމުގެ މަޝްރޫއު ފައްޓާނެ ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް އަދި ވެސް ފެންނަމުންދަނީ އެމަޝްރޫއު ލަސްވަމުންދާ މަންޒަރު ކަމަށް އަލީ ވިދާޅުވި އެވެ.

ސިއެރާ ކުންފުންޏަށް ކުޅުދުއްފުށީގެ 19 މަގެއްގެ ތާރު އެޅުމަށް ވަނީ ހަވާލުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355