twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ނޭކުރަންދޫގައި ޒުވާނަކު ދަންޖެހިގެން މަރުވެއްޖެ

Jan 23, 2016

ހދ ނޭކުރަންދޫގައި ޒުވާނަކު ދަންޖެހިގެން މިއަދު މަރުވެއްޖެ އެވެ.

ދަންޖެހިގެން މަރުވެފައިވަނީ ހދ ނޭކުރަންދޫ، ކެނެރީވިލާ މުހައްމަދު ރިޝީފް (25އ) އެވެ.

ނޭކުރަންދޫ ކައުންސިލްގެ ރައީސް ސިޒާން ވިދާޅުވީ އޭނާ ދަންޖެހިފައި ހުއްޓާފެނުނީ އެރަށު ޒިޔާރަތްމަގު ސަރަހައްދުގެ ވަލުތެރޭގައި ގަހެއްގަ ކަމަށެވެ.

ދަންޖެހިފައި ހުއްޓާ ފެނުނު ޒުވާނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ސިޒާން ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355