twitterviber whatsapp telegramfacebookyoutube instagram
18th April 2024

ޖަލާލުއްދީން ސްކޫލުން އޭލެވެލްއަށް ފުރުސަތު ހުޅުވާލައިފި

Jan 25, 2016

މި އަހަރުގެ މާރޗްމަހު ފަށާ އޭލެވެލް ކުލާސްތަކަށް ވަނުމުގެ ފުރުސަތު ޖަލާލުއްދީން ސްކޫލުން ހުޅުވާލައިފި އެވެ.

އޭލެވެލް ކުލާސްތަކަށް ވަންނަން އެދޭ ފޯމް ޖަލާލުއްދީން ސްކޫލުން މިއަދު ދޫކުރަން ވަނީ ފަށާފަ އެވެ. ފެބްރުއަރީ މަހުގެ 26 ގެ ނިޔަލަށް ލިބެން ހުންނާނެ ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.

75ޖާގަ ހުޅުވާލެވިފައިވާ އޭލެވެލް ކުލާސްތަކަށް 2 ކްރައިޓީރިއާއިން ކުދިން ނެގުމަށް ހަމަޖެހިފައި ވެއެވެ.

ސައިންސް ސްޓްރީމް – ފުރަތަމަ ކްރައިޓިރިއާ

– ދިވެހި ނުވަތަ އިސްލާމުން “ސީ” ފާސް ލިބިފައިވުން

– ހިސާބު، ފިޒިކްސް، ކެމިސްޓްރީ، ބައެލޮޖީގެ ތެރެއިން 3 މާއްދާއިން ފާސްވެފައިވުން

ސައިންސް ސްޓްރީމް – ދެވަނަ ކްރައިޓީރިއާ

– ދިވެހި ނުވަތަ އިސްލާމުން ފާސްވެފައިވުން

– ހިސާބު، ފިޒިކްސް، ކެމިސްޓްރީ، ބައެލޮޖީގެ ތެރެއިން 2 މާއްދާއިން ފާސްވެފައިވުން

ބިޒްނަސް ސްޓްރީމް – ފުރަތަމަ ކްރައިޓީރިއާ

– ދިވެހި ނުވަތަ އިސްލާމުން ފާސްވެފައިވުން

– ހިސާބު، ބިޒްނަސް ސްޓަޑީޒް/ ކޮމާރސް، އެކައުންޓް، އިކޮނޮމިކްސްގެ ތެރެއިން 3 މާއްދާއިން ފާސްވުން

ބިޒްނަސް ސްޓްރީމް- ދެވަނަ ސްޓްރީމް

– ދިވެހި ނުވަތަ އިސްލާމުން ފާސްވުން

– ހިސާބު، ބިޒްނަސް ސްޓަޑީޒް/ ކޮމާރސް، އެކަންޓް، އިކޮނޮމިކްސްގެ ތެރެއިން 2 މާއްދާއިން ފާސްވުން

މީގެ އިތުރުން 2014 މެއި/ ޖޫން ގައި ނުވަތަ އޭގެ ފަހުން ޖީސީއީ އޯލެވެލް އާއި އެސްއެސްސީ އިމްތިހާން ހަދާފައިވުމާއި މިއަހަރުގެ ފުރަތަމަ ދުވަހު 20 އަހަރު ނުފުރުން ހިމެނެ އެވެ.

އަދި މީހަކާއި އިނދެފައި ނުވުންމާއި ދަރިވަރުގެ އަހްލާގަށް ވެސް ބެލޭނެ ކަމަށް ސްކޫލުން ބުނެ އެވެ.

މާއްދާ ތަކުން ފާސްވެފައި ހުރިކަމަށް ވެލެވޭނީ “ސީ” ފާހަށް ވުރެ މަތިން ކަމަށް ސްކޫލުން ބުނެވެ އެވެ.

ސްކޫލުން ބުނީ ޖާގަ ދިނުމުގައި އިސްކަން ދޭނީ ފުރަތަމަ ކްރައިޓީރިއާއަށް ކަމަށާއި ދެވަނަ ކްރައިޓީރިއާ އިން ފުރުސަތު ދެވޭނީ ޖާގަ އޮން މިންވަރަކުން ކަމަށެވެ.

ޖަލާލުއްދީން ސްކޫލަކީ ރާއްޖޭގެ އުތުރުގައި މަތީ ސާނަވީ ތައުލީމް ފޯރުކޮށްދިނުމަށް ސަރުކާރުން ގާއިމްކޮށްފައިވާ މައި ސްކޫލެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355