twitterviber whatsapp telegramfacebookyoutube instagram
14th July 2025

ކުޅުދުއްފުށީގައި ބޭސްތަކެއް ކައިގެން އަންހެން ކުއްޖަކު އަމިއްލައަށް މަރުވާން އުޅެފި

Jan 26, 2016

ކުޅުދުއްފުށީގައި ބޭސްތަކެއް ކައިގެން އަންހެން ކުއްޖަކު އަމިއްލައަށް މަރުވާން އުޅެފި އެވެ.

އެނގިފައިވާ ގޮތުގައި މިއަންހެން ކުއްޖާ މަރުވާން އުޅެފައިވަނީ އޭނާ ލޯބިގެ ގޮތުން ގުޅިގެން އުޅުނު ފިރިހެން ކުއްޖާއާ ޖެހުނު މައްސަލައެއްގަ އެވެ.

ބޭސްތަކެއް ކައިގެން މިކުއްޖާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެސްފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގަ އެވެ.

އައިސީޔޫގައި ފަރުވާދިނުމަށް ފަހު މިހާރު އެކުއްޖާ ވަނީ ވޯޑަށް ބަދަލުކުރެވިފަ އެވެ. 17 އަހަރުގެ މި އަންހެން ކުއްޖާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ.

މިކަމުގައި ހޮސްޕިޓަލުގެ ބަހެއް ލިބޭ ތޯ ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ. ފުލުހުން ބުނީ އެފަދަ މައްސަލަ އެފަރާތް އަދި ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355