ހދ ނޭކުރެންދޫގައި މިއަދުން ފެށިގެން ކުނިއުކާލުމާއި ކުނި ނައްތާލުމުގެ ގަވައިދަށް އަމަލު ކުރަން ފަށާނެ ކަމަށް ނޭކުރެންދޫ ކައުންސިލުން ބުނެފި އެވެ.
އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ސިޒާން ވިދާޅުވީ މި ގަވައިދަށް އަމަލު ކުރަން ފަށާނީ ސާފު ނޭކުރެންދޫ އެންމެންގެ ނޭކުރެންދޫ މި ސިޔާރުގެ ދަށުން ކަމަށާއި މިކަމަށް ވާންޖެހޭ ތައްޔާރީތަށް ވެފައި ވާކަމަށެވެ.
ސިޒާން އިތުރަށް ވިދާޅުވީ ގޭގެއިން ކުނި ނެގުމަށް ބަޔަކާއި ހަވާލުކުރެވިފައިވަނެ ކަމަށާއި ކުނިވާޒާތުގެ ކުނި އުކާލުމަށް ރަށުގެ އެކި ސަަރަހައްދުގައި ކައުންސިލްގެ ހަރަދުގައި 14 ޑަސްބިން ބެހެއްޓިފައިވާނެ ކަމަށެވެ. އަދި ކޮންމެ ގެޔަކުން ފީއެއް ނަގާގޮތަށް ކުނި ނުވާ ޒާތުގެ ކުނި ނެގުމަށް އަމިއްލަ ފަރާތަކާއި ހަވާލު ކުރެވިފައިވާ ކަމަށްވެސް ސިޒާން ވިދާޅުވި އެވެ.
އެގޮތުން ކުނިވާ ޒާތުގެ ކުނި އުކާލަން ބެހެއްޓިފައިވާ ޑަސްބިންތަށް ކޮންމެ ދުވަހަކު އުކާލެވޭނެ ކަމަށާއި ކުނި ނުވާ ޒާތުގެ ކުނި ގޭގެއިން ނެގޭނީ ހަފްތާއަކު 3 ދުވަހު ކަމަށް ސިޒާން ވިދާޅުވި އެވެ. އަދި ކުނި ނަގާ ކޮންމެ ގެޔަކުން މަހަކު 50 ރުފިޔާ ފީއެއް ގޮތުގައި ދައްކަން ޖެހޭނެ ކަމަށް ވެސް ސިޒާން ވިދާޅުވި އެވެ.
ކުނި ނައްތާލުމަށް މިހާރު ކުނި ކޮއްޓެއް ހަދާފައިވާ ކަމަށާއި ކުނި ނައްތާލުމަށް ހަމަޖެހިފައިވަނީ އަންދައިގެން ކަމަށާއި ކުނިވާ ޒާތުގެ ކުނި ނައްތާލުމަށް ހަމަޖެހިފައިވަނީ މޫދަށް އުކާލައިގެން އަދި ވަޅުލައިގެން ކަމަށް ސިޒާން ވިދާޅުވި އެވެ.
އޭގެ އިތުރުން މި ގަވައިދަށް އަމަލު ނުކުރާމީހުން ކުނިއުކާލުމާއި ކުނި ނައްތާލުމުގެ ގަވައިދުގައިވާ ގޮތަށް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ސިޒާން ވިދާޅުވި އެވެ.
ކުނިއުކާލުމާއި ކުނި ނައްތާލުމުގައި ގަވައިދުގައި ވާގޮތުގައި އެގަވައިދާއި ހިލާފުވާ ފަރާތްތަ ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމަށް ފަހު ދެވަނަ ފަހަރު ކުށް ތަކުރާރު ކޮށްފިނަމަ 500 ރުފިޔާއާއި 1000 ރުފިޔާއާއި ދެމެދުގެ އަގެއްގައިި ޖޫރިމަނާ ކުރެވޭނެ އެވެ. އަދި 3 ވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ 1000 ރުފިޔާއާއި 3000 ރުފިޔާއާއި ދެމެދުގެ އަގެއްގައި ޖޫރިމަނާ ކުރެވޭނެ އެވެ. 4 ވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފި ނަމަ 3000 ރުފިޔާއާއި 5000 ރުފިޔާއާއި ދެމެދު ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މި ގަވައިދުގެ ދަށުން ކައުންސިލަށް ލިބިފައި ވެއެވެ.