twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފާމަސީ އެސިސްޓެންޓުންގެ އުފެއްދުމަށް ހިންގި ޕްރޮގްރާމުން 401 ދަރިވަރުން ދަސްވެނިވެއްޖެ

Feb 1, 2016

އެސްޓީއޯއިން ރާއްޖޭގެ ހުރިހާ ރަށެއްގައި ހުޅުވި ފާމަސީތަކުގައި ހުރި ވަޒީފާތަކަށް ބޭނުންވާ މީހުން ތަމްރީނު ކުރެއްވުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީއާއި، ޓިވެޓް ގުޅިގެން ފާމަސީ އެސިސްޓެންޓުން އުފެއްދެވުމަށް ހިންގެވި ހާއްސަ ޕްރޮގްރާމްގެ ދަށުން 401 ދަރިވަރުން ދަސްވެނިވެއްޖެ އެވެ.

ފާމަސީ އެސިސްޓެންޓުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ބައިވެރިންގެ ދަސްވެނިވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޖުމްލަ 401 ދަރިވަރަކު ކޯސް ފުރިހަމަކޮށް ސަނަދު ޙާސިލްކޮށްފައިވާއިރު މީގެ ތެރެއިން 130 މީހުން މިވަގުތު ވަޒީފާ އަދާކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވަ އެވެ.

އެގޮތުން ކޯސް ނިންމާ ސެޓްފިކެޓް ހާސިލްކުރި ދަރުވަރުންގެ ތެރެއިން ގިނަ ދަރިވަރުން ހާސިލް ކޮށްފައިވަނީ ނޭޝަނަލް ސެޓްޕިކެޓް ލެވެލް 4 ގެ ފެންވަރުގެ ސަނަދު ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ކޮންމެ ޒުވާނަކީ ހުނަރުވެރި ޒުވާނަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން ބޭސް ފިހާރަތަކުގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެއްކަމަށާއި އެޑިއުކޭޝަން މިނިސްޓްރީއާއި، ޓިވެޓް އަދި އެސްޓީއޯ ގުޅިވަޑައިގެން މި ޕްރޮގްރާމް ހިންގެވުމުން ކޯހަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެން ދިޔަ ކަމަށެވެ.

އަދި ދެއަހަރުގެ ތެރޭގައި 700 ފާމަސިސްޓުން ތަމްރީނުވެގެން މުޖުތަމައަށް ނިކުންނާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355