twitterviber whatsapp telegramfacebookyoutube instagram
18th April 2024

ކުޅުދުއްފުށީގެ މަގުތައް ހަދަން ފަށާނެ ދުވަހެއް ނޭނގޭ: ކައުންސިލް

Feb 2, 2016

 

ކުޅުދުއްފުށީގައި އަަލަށް ހެދުމަށް އެމްއާރްޑީސީއިން ސަބް ކޮންޓްރެކްޓަރުގެ އުސޫލުން ސިއެރާ ޕްރައިވެޓް ލިމިޑެޓް މިދިޔަ އަހަރު އޮކްޓޯބަރ މަހުތެރޭ ހަވާލު ކުރި 19 މަގުގެ މަސައްކަތް ފެށޭނެ ދުވަހެއް ކައުންސިލަށް އަންގާފަ ނެތް ކަމަށް ކައުންސިލުން ވިދާޅުވެއްޖެ އެވެ.

ކައުންސިލް މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ކުޅުދުއްފުށީ ގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ މަގުތަކުގެ މަސައްކަތް ފެށޭނެ ދުވަހެއް އަންގާފަ ނެތްކަމަށާއި މަގުހެދުމަށް ބޭނުންވާ ބައެއް ތަކެތި ރަށްރަށަށް އައިސްފައި ވީނަމަވެސް ބޭނުންވާ ވަރަށް ތަކެތި ލިބިފައި ނުވާކަމަށެެވެ.

މީގެ ކުރިން ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެމްއާރުޑީސީ އެމިނިސްޓްރީއަށް ހުށަހެޅި ޝެޑިއުލްގައިވާ ގޮތުން ކުޅުދުއްފުށީގެ މަގުހެދުމުގެ އަމަލީ މަސައްކަތް 2015 ޑިސެމްބަރު މަހުން ފެށިގެން 2016 އޯގަސްޓްގެ ނިޔަލަށް ނިމުމަށް ތާވަލްކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހު މަގު ހެދުމުގެ އެއްވެސް މަަސައްކަތެއް ކުރެވިފައެއް ނުވެއެވެ. އަދި މި އަހަރު ޖެނުއަރީ މަސް ފެށުނުއިރުވެސް މަގުހެދުމުގެ މަސައްކަތުގެ އެއްވެސް ކުލައެއް ފެނިފައެއް ނުވެއެވެ.

މީގެ އިތުރުން ހއ ދިއްދޫގެ ހުރިހާ ބޮޑެތި މަގުތަކެއްގައި ތާރު އެޅުމަށްވެސް އެމްއާރުޑީސީން ހަވާލުކޮށްފައި ވަނީ ސިއެެެރާ ކުންފުންޏާ އެވެ. އެއް އަހަރުގެ މުއްދަތަށް ނިންމުމަށް ހަވާލުކޮށްފައިވާ މި ޕްރޮޖެކްޓްގެ މަސައްކަތްވެސް މިހާތަަނަށް ފެށިފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

ކުޅުދުއްފުށީގެ މަގު ހެދުމުގެ މަސައްކަތް ފަށާފައިވަނީ 2010 ވަނަ އަހަރު އެވެ. ތާރު އެޅިފައިވަނީ އެންމެ މަގެއްގައި ކަން ފާހަގަކުރެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355