ހދ ކުނބުރުދޫއަށް ޕިކްނިކް ގޮސް އުޅުުނު ނޮޅިވަރަމް ކުދިންތަކަކަށް އެރަށުން ވަޒަންތަކެއް ފެނިއްޖެ އެވެ.
ވަޒަންތައް ފެނިފައިވަނީ ކުނބުރުދޫގައި ހުރި މިސްކިތެއްގެ ވަޅުތެރެއިން އެެރަށައް ޕިކްނިކް ގޮސް އުޅުނު ނޮޅިވަރަމްގެ ކުދިންތަކަށެވެ.
ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ނޮޅިވަރަމުން ވާހަކަ ދެއްކި މީހަކު ބުނީ އެރަށުން ޕިކްނިކް ގޮސް އުޅުން ކުދިނަށް ވަޒަންތައް ފެނިފައިވަނީ ކުނބުރުދޫގައި ހުރި މިސްކިތުގެ ވަޅު ފެންވެރުމަށް ބޭނުކުރުމަށް އެކުދިން ވަޅު ސާފުކުރުމަށް ފައިބާ އުޅުމުގެ ތެރޭގައި ކަމަށާއި ވަޒަންތައް ހުރީ އޮރިޖިނަލް ޕެކްގައި ކަމަށާއި އަދި ވަކިންވެސް އެއްބައި ހުރި ކަމަށެވެ.
އެކުދިންނަށް އެއީ ކޯޗެއްކަން ނޭނގޭ ކަމަށާއި އެކުދިން ފުލުހުންނަށް ރިޕޯޓް ކުރީ ޕިކްނިކް ދިޔަ ކުއްޖަކު އެތަކެތި ކައުންސިލަރަށް ދެއްކުމުން އެރަށު ކައުންސިލުން ކަމަށްވެސް އެރަށުން މައުލޫމާތު ދެއެެވެ.
ރޭ ހަތެއް ޖެހިއިރު ފުލުހުން ނޮޅިވަރަމްއަށް ގޮސް އެހުރިހާ ކުދިންގެ ބަޔާންތައް ނަގާފައިވާ ކަމަށާއި މިހާރު ވަޒަންތައް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް އެރަށުން މައުލޫމާތު ދެއެވެ.