twitterviber whatsapp telegramfacebookyoutube instagram
18th May 2025

މައިލޯ ކްލަބް މޯލްޑިވްސް ކަޕް ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި

Feb 3, 2016

މައިލޯ ކްލަބް މޯލްޑިވްސް ކަޕް މިއަހަރުގެ އެކްސްކްލޫސިވް ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މި އަހަރުގެ މާޗް މަހުގެ 26 ން އޭޕްރިލް 25 ވަނަދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޓެލެކޮމް ޕާޓްނަރުގެ ގޮތުގައި ދިރާގު ހަމަޖައްސާފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައެވެ.

އެގޮތުން މުުބާރާތުގެ ފޯރި އިތުރަށް ގަދަ ކުރުމުގެ ގޮތުން، މުބާރާތް ކުރިޔަށްދާ ދުވަސްވަރު އެސް.އެމް.އެސް މެދުވެރިކޮށް ހާއްސަ ހަރަކާތްތަކެއްވެސް ކުރިޔަށް ގެންދިޔުމަށް ދިރާގާއެކު ކްލަބް މޯލްޑިވްސްއިން ވަނީ ނިންމަވާފަކަމަށާއި ހަރަކާތްތަކާއި ބެހޭ އިތުރު މައުލޫމާތު ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ހިއްސާ ކުރަމުން ގެންދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ކްލަބް މޯލްޑިވްސްގެ އަބްދުލް ރަޝީދު އަލީ ވިދާޅުވީ ދިރާގު ފަދަ ކުންފުންޏެއްގެ ބައިވެރިވުން މި މުބާރާތަށް ލިބިގެން ދިޔުމުން އުފާކުރާ ކަމަށާއި 11 އަހަރު ވަންދެން މެދުނުކެނޑި ކުރިޔަށް ގެންދެވޭ މި މުބާރާތް، އެހެން އަހަރުތަކަށްވުރެވެސް ފުރިހަމަ ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގައި ދިރާގުގެ ބައިވެރިވުން ލިބުމަކީ މި މުބާރާތަށް ލިބިގެންދާ ނުހަނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި އްޖޭގައި މިހާރު ކުރިޔަށްދާ އެންމެ ބޮޑު އެންމެ މަޤްބޫލް އަދި އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތުގެ އެކްސްކްލޫސިވް ޓެލެކޮމް ޕާޓްނަރުގެ ގޮތުގައި ދިރާގު ހިޔާރު ކުރެއްވި ކަމަށްޓަކައި ކްލަބް މޯލްޑިވްސް އަށް ދިރާގުން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

2006 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތަކީ ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެދުގައި ބާއްވަމުން އަންނަ މިފަދަ އެންމެ ބޮޑު މުބާރާތެވެ. އަދި މި މުބާރާތުގެ އަންހެން ބައި، 30/18 ވިމެންސް ފުޓްސަލް ފިއެސްޓާގެ ނަމުގައި ކުރިޔަށް ގެންދާތާ މިއީ 5 ވަނަ އަހަރަށް ވާއިރު މި މުބާރާތަކީވެސް .ފިރިހެން މުބާރާތާއި އެއްވަރަށް ފޯރި ގަދަވެގެންދާނޭ މުބާރާތެއް ކަމުގައި ކްލަބް މޯލްޑިވްސް އިން ހާމަކުރެއެވެ

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355