ކުޅުދުއްފުށީ ކައުންސިލްގެ ފަރާތުން ރަށު ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގުުރުއާން މުބާރާތުގައި ޖުމްލަ6 ތަނަކުން 86 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ކައުންސިލުން ބުނެފިއެވެ.
މި ފެބްރުއަރީ މަހު 26 އަދި 27 ވަނަ ދުވަހު ބާއްވާ މި މުބާރާތުގައި ބައިވެރިވެފައިވަނީ ކުޅުދުއްފުށީގެ 3 ސްކޫލާއި 3 ގުރުއާން ކުލާހުން ނެވެ
އެގޮތުން ޖަލާލުއްދީން ސްކޫލުން 8 ދަރިވަރުންނާއި، އަފީފުއްދީންގެ ޕްރީ ސްކޫލް އުމުރު ފުރައިގެ 7 ދަރިވަރުންނާއި، އެހެން ގްރޭޑް ތަކުގެ 15 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. އަދި ހދ އަތޮޅުތައުލީމީ މަރުކަޒު ގެ ޕްރީ ސްކޫލް އުމުރުފުރައިގެ 3 ދަރިވަރުން އަދި އެހެން ގްރޭޑް ތަކުގެ 8 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.
މި މުބާރާތުގައި ބައިވެރިވެފައިވަނީ އުލޫމުލް ގުރުއާން ކްލާސް، ހިރި ގުރުއާން ކްލާސް އަދި އިޚްލާޞް ގުރުއާން ކުލާހުންނެވެ. ކޮންމެ ކުލާހަކުންވެސް 15 ދަރިވަރުންވަނީ މި މުބާރާތުގައި ބައިވެރިވެފަ އެވެ.
މުބާރަތް ބަހާލާފައިވަނީ 3 ގޮތްޕަަކަށެވެ. އެއީ ބަލައިގެން ކިޔުން، ނުބަލާ ކިއުން އަދި ޙާފިޘްކަމުގެ ގޮތްޕެވެ.
މުބާރަތް ބަހާލެވިފައިވާ އުމުރު ފުރާތައް
6 އަހަރުން ދަށް
7 އަހަރުން ދަށް
9 އަހަރުން ދަށް
11 އަހަރުން ދަށް
13 އަހަރުން ދަށް
16 އަހަރުން ދަށް
19 އަހަރުން ދަށް
21 އަހަރުން ދަށް
21 އަހަރުން މަތި (21 އަހަރު ފުރި 35 އަހަރު ނުފުރޭ)
ޙާފިޡްކަމުގެ ގޮފީގައި ބައިވެރިވުމަށް ވަކި އުމުރެއް އަދި ވަކި އަދަދެއް ކަނޑައެޅިފައެއް ނުވާ ކަމަށާއި އުމުުރު ފުރާ ކަނޑައެޅުމުގައި ބަލާނީ ކުއްޖާ އުޅޭ ގްރޭޑާއި ކުލާހަށް ނުބަލައި ހަމައެކަނި އުމުރަށް އެކަނި ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
މި މުބާރާތުގެ މަގުސަދަކީ ކީިިރިތި ގުރުއާން ހިތުދަސްކުރުމަށާއި ތަޖުވީދު މަގުން މަގުން ކިޔެވުމަށް ހިތްވަރުދިނުމާއި ކިޔެވުމުގައި އިލްމާއި ފަންނު ކުދިންގެ ހިތްތަކުގައި އާލާކުރުމާއި ގައުމީފެންވަރެއްގައި ގުރުއާން ކިޔަވާނެ ރަނގަޅު ދަރިވަރުންތަކެއް އިފެއްދުމާއި ކީރިތި ގުރުއާނުގެ ގިއުގަނޑުގެ ތެރޭގައި ކުދިން ތަރުބިއްޔަތުކުރުމުގެ މުހިންމުކަން ހާމަކުރުމުގެ އިތުރުން ގުރުއާން ކިޔެވުމުގެ އަތޮޅު މުބާރާތުގައި ވާދަކުރާނެ ބައިވެރިން ހޮވުން ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.