ސަނަމް އާއި އޭކަން އަދި ޕުރިޔަންކާގެ އަވާގައި ޖައްސާ މުޅި ޤައުމު ދަވާލައިފި ކަމަށާއި ހަވާގެ އަވާގެ ޖެހި ނިދާފައިވާ ނުތިބެ ހޭލުމަށް ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ސަޤީފް ގޮވާލައިފި އެވެ.
ސަޤީފް މިހެން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއްޔެ ކުރި ޕޯސްޓްތަކެއްގަ އެވެ. ސަޤީފް މިހެން ވިދާޅުވެފައިވާ މިވަނީ ރާއްޖޭގެ ތާރީހުގައި މިހާތަނަން ފަޅާއެރި އެންމެ ބޮޑު ހިޔާނާތުގެ އޮޑިޓް ރިޕޯޓް އާއްމުކުރިކޮށްފައިވަނިކޮށެވެ.
ޕީޕީއެމްގެ އިސްވެރިން އެމްޑީޕީ ސަރުކާރުގެ ހިޔާނާތުގެ ވާހަކަ ދައްކާއިރު މިހާތަނަނަށް ރާއްޖޭގައި ހިނގާފައިވާ އެންމެ ބޮޑު ހިޔާނަތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަކަމަށާއި އެހިޔާނާތަކީ ޕީޕީއެމްގެ ވެރިކަމުގައި ހިނގާފައިވާ ކަމެއް ކަން އަލިއަޅުވާލައްވަމުން ޝަޤީފް ވިދާޅުވީ މިފަދަ ބޮޑު ހިޔާނާތެއް ވެފައިވާތީ ލަދުގަންނަ ޖެހޭ ކަމަށެވެ.
ސަގީފް ވިދާޅުވީ ކޮންމެ ޕާޓީއެއްގެ ކޮންމެ ބަޔަކު ކުރިޔަސް ކޮރަޕްޝަނަކީ މުޅި ޤައުމު ފަސާދަކުރާ މުޑުދާރު އަމަލެއް ކަމަށެވެ.
ކޮންމެ ބަޔަކު ކުރިޔަސް ފަސާދަވަނީ ފަސާދައަށް ކަމަށާއި ފަސާދަކުރާ ބަޔަކަށް ހަރުކަށި އަދަބުދީގެން ނޫނީ މިފަދަ ނުބައި ވަބާއިން ޤައުމު ސަލާމަތް ނުކުރެވޭނެ ކަމަށް ޕީޕީއެމްއަށް ނިސްބަތްވެލައްވާ ސަގީފް ވިދާޅުވި އެވެ.