ކުޅުދުއްފުށީ ސްޓޭޑިއަމްގެ ދަނޑަށް ފެންޖެހުމަށް ބޭނުންކުރާ ޕަންޕް ހަލާކުވެ،އެތަނަށް ފެންޖެހޭނެ ގޮތެއް ނެތިގެން ދަނޑުގެ ވިނަގަނޑު މަރުވާން ފަށައިފި އެވެ.
އެދަނޑަށް ފެން ޖެހުމަށް ބޭނުންކުރާ ދެ ޕަންޕްގެ ތެރޭއިން އެ ޕަންޕްގައި މައްސަލަ ޖެހި ފެން ނުޖެހޭތާ 2 މަހަށް ވުރެ ގިނަ ދުވަސް ވަނީ މިހާރުވެފަ އެވެ.
އެތަނުގެ މުވައްޒަފެއް ބުނީ މައްސަލަ ޖެހުނު ޕަންޕަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ލަސްވަމުންދަނީ އެއަށް ބޭނުންވާ އެއްޗެހި ކުޅުދުއްފުށީ ލިބެން ނެތުމުން ކަމަށެވެ.
އަދި މިހާރުވެސް 1 ޕަންޕުން ދަނޑުގެ ބޮޑު ސަރަހައްދަށް ފެންޖަހާ ކަމަށް އޭނާ ބުންޏެވެ.
ކުޅުދުއްފުށީގައި ހުންނަ ޒޯން ސްޓޭޑިއަމް 1 ދަނޑަކީ އުތުރުގައި ބާއްވާ ބޮޑެތި މުބާރާތްތައް ބާއްވަމުން އަންނަ ތަނެކެވެ.