twitterviber whatsapp telegramfacebookyoutube instagram
14th July 2025

ލީޑިން ސްޓެޕުން ތުއްތު ކުދިންގެ ބެލެނިވެރިންނަށް ހިންގި ވޯކްޝިޕް ނިންމާލައިފި

Feb 7, 2016

ދަ ލީޑިން ސްޓެޕްސް އިންޓަނޭޝަނަލް ޕްރީ ސްކޫލުން ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ވޯކްޝޮޕް ނިންމާ ބައިވެރިންނަށް ސަނަދު ދީފި އެވެ.

1 ހަފްތާގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގުރާމްގައި ބައިވެރިކޮށްފައިވަނީ ޕްރީ ސްކޫލު އުމުރު ފުރާގެ ކުދިންގެ ބެލެނިވެރިންނަށެވެ.

ސަނަދު ދިނުމަށް އިއްޔެ އެސްކޫލުގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ލިޔުން ހަވާލުކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އައިމަން އަލީ އެވެ.

ކުޅުދުއްފުށީގެ ހުރިހާ ޕްރީ ސްކޫލު އުމުރު ފުރާގެ ބެލެނިވެރިންނަށް ހިންގި ވޯކްޝޮޕްގައި 16 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

މި ވޯކްޝޮޕްގައި ކިޔަވައިދީފައިވަނީ ތުއްތު ކުދިން ހެޔޮ މަގުގައި ތަރުބިއްޔަތުކުރުމާ އެ އުމުރުގެ ކުދިންނަށް ގޭ ތެރޭ ފިލާވަޅުތައް ދަސްކޮށް ދިނުމުގައި ބޭނުން ކުރާނެ އުކުޅުތަކެވެ.

ދަ ލީޑިން ސްޓެޕްސް އިންޓަނޭޝަން ޕްރީ ސްކޫލުން ބުނީ މިއީ ވަރަށް ކާމިޔާބު ވޯކްޝޮޕެއް ކަމަށާއި މުސްތަގުބަލުގައި މިފަދަ ވޯކްޝޮޕްތައް ކުރިއަށްގެންދާނެ ކަމަށެވެ.  މި ސްކޫލަކީ މިއަހަރު ކުޅުދުއްފުށީގައި ކިޔަވައިދޭން ފެށި ޕްރީ ސްކޫލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355