twitterviber whatsapp telegramfacebookyoutube instagram
29th March 2024

މިއަދަކީ އަނިޔާވެރި، ހަރާންކޯރު ވެރިކަމަކުން ރާއްޖެ މިނިވަންވި ދުވަސް: މުޖުތަބާ

Feb 7, 2016

މިއަދަކީ އަނިޔާވެރި ހަރާންކޯރު ވެރިކަމަކުން މި ޤައުމު މިނިވަންވި ދުވަސް ކަމަށާއި ދުވަހުގެ ހެޔޮ އެދުމާ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރާ ކަމަށް މޯލްޑިވްސް ރޯޑް ކޯޕަރޭޝަނުގެ ކުޅުދުއްފުށީ ސައިޓްގެ އެސިސްޓެންޓް މެނޭޖަރު އަހުމަދު މުޖުތަބާ ވިދާޅުވެއްޖެ އެވެ.

7 ފެބްރުއަރީ 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހަށް އަލިއަޅުވާ މުޖުތަބާ މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކުންނެވެ.

މުޖުތަބާ ވިދާޅުވެފައިވަނީ 2008 އަހަރު މި ޤައުމަށް ފާވި ސިހުރުގެ ނުބައި، ނުލަފާ، އަނިޔާވެރި ހަރާންކޯރުގެ ވެރިކަމުން މި ޤައުމު މިނިވަންވި ދުވަސް ކަމަށެވެ. އަދި 2012 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަ ދުވަހު އަމަލީގޮތުން { ނަޝީދުގެ ވެރިކަމާ ދެކޮޅަށް ހިންގި ހަރަކާތްތަކުގައި } ބައިވެރިވެ އެބަލާވެރިކަން ފޮހެލަދިން ފަރާތްތަކަށް އޭނާގެ ޕޯސްޓްގައި ވަނީ ޝުކުރުއަދާކޮށްފަ އެވެ.

މުޖުތަބާއަކީ ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް އޭރު ކުޅުދުއްފުށީގައި ހިންގުނު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ޒުވާނެކެވެ.  މުޖުތަބާ ފުރަތަމަ ފެނިގެން ގޮސްފައިވަނީ ޕީޕީއެމްގެ ޕޯޑިއަމްތަކުންނެވެ.

ނަމަވެސް ފަހުން ޕީޕީއެމްގެ ކުޅުދުއްފުށީ ގޮފީގައި ޖެހުނު މައްސަލައެއްގައި އޭނާ ވަނީ ރައީސް ވަހީދުގެ ވެރިކަމުގައި  ޤައުމީ އިއްތިހާދު ޕާޓީއާ ގުޅިފަ އެވެ. އެމްއާރުޑިސީގެ ކުޅުދުއްފުށީ ސައިޓްގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމު މުޖުތަބާއަށް ދިނީ ރައީސް ވަހީދެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355