އެއްވެސް ވަރަކަށް ބޭންޑްގެ ހަރަކާތްތައް ކުރިއަށްނުގެންދާތާ 2 އަހަރަށް ފަހު ޖަލާލުއްދީން ސްކޫލުގެ ބޭންޑް އެކުލަވާލައި އަލުން ބޭންޑްގެ ހަރަކާތްތައް ފަށައިފި އެވެ.
މިއަހަރު ބޭންޑްގެ ހަރަކާތްތައް އަލުން ފެށީ 16 ދަރިވަރުންނާއެކު އެވެ. ބޭންޑް މިސްޓްެރެސްގެ ގޮތުގައި ހުންނަނީ ޖަޕާނުގެ ރައްޔިތެއްކެވެ.
ޖަލާލުއްދީން ސްކޫލުގެ ބޭންޑާ ގުޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެސްކޫލުން ބުނެއެެވެ.
ޖަލާލުއްދީން ސްކޫލުގެ ބޭންޑްްގެ ހަރަކާތްތައް ހުއްޓިފައިވަނީ 2012 ވަނަ އަހަރު އޭރު ބޭންޑް މާސްޓަރގެ ކޮންޓްރެކްޓް ހަމަވެގެންނެވެ. އެއަށް ފަހު 2014 ވަނަ އަހަރުވެސް އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ބޭންޑްގެ ހަރަކާތް ފެށިނަމަވެސް އެކަން ވަނީ ކުރިއަށް ނުގޮސް ހުއްޓިފަ އެވެ.