twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީގެ ވިޔަފާރިވެރިޔަކު ޕޮލިސް ސްޓޭޝަނަށް ކިކްބޯޑްތަކެއް ހަދިޔާކޮށްފި

Feb 8, 2016

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ހިންގާ ފަތަން ދަސްކޮށްދިނުމުގެ އެކި ޕްރޮގްރާމްތަކުގައި ބޭނުންކުރުމަށްޓަކައި ކުޅުދުއްފުށީ ވިޔަފާރިވެރިޔަކު ކިކް ބޯޑުތަކެއް ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި އޮތް ރަސްމިއްޔާތެއް މި ކިކް ބޯޑުތައް ފުލުހުންނަށް ހަދިޔާކޮށްދީފައިވަނީ ކުޅުދުއްފުށީގެ ވިޔަފާރަވެރިޔެއް ކަމަކަށްވާ  އަސްރަފީގެ، އާދަމް އަހުމަދުއެވެ. މި ތަކެއްޗާ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ފަރާތުން ހަވާލުވެލެއްވީ ހދ. އަތޮޅު ކޮމާންޑަރު ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ  އަހުމަދު ނަސީމްއެވެ.

މިރަސްމިއްޔާތުގައި ހދ. އަތޮޅު ކޮމާންޑަރު ދެއްކެވި ވާހަކައިގައި ފުލުހުން އިސްނަގައިގެން ހިންގާ އެކިއެކި އިޖުތިމާއީ ހަރަކާތްތަކަށް އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާ މިފަދަ އެހީތެރިކަމެއް ވެދެއްވާފައިވާތީ އާދަމް އަޙްމަދުއަށް  ފުލުހުންގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.

މިތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިންޗާޖް ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހިމް ޢަބްދުލްކަރީމް ބައިވެރިވެލެއްވިއެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ވަނީ މިދިޔަ އަހަރު ފަތަން ދަސްކޮށްދިނުމުގެ 3 ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އަދި މިއަހަރުގެ ތެރޭގައި ފަތަން ދަސްކޮށްދިނުމުގެ އިތުރު ޕްރޮގްރާމްތަކެއް ހދ. އަތޮޅު އެކި ރަށްރަށުގައި ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355