ށ ފޯކައިދޫ ކައުންސިލުން އިސްނަގައިގެން އެރަށުގައި ކުޑަކުދިންގެ ޕާކެއްގެ ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ވިދާޅުވީ އެ ޕާކަކީ އެރަށުގެ ކުޑަކުދިން ދުޅަހެޔޮ ސިއްހަތެއްގައި ބޮޑުވުމުގެ ފުރުސަތު ހޯދައިދިނުމާއި އެކުދިންނަށް އުފާވެރި މާހައުލެއްގައި އުޅެލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި ހަދާ ޕާކެއް ކަމަށެެވެ.
ރަށުގެ މެދުގައި އޮންނަ ހުސްބިމެއްގައި ހަދާ މި ޕާކްގެ ވަށާފާރު މިހާރު ވަނީ ރާނާ ނިންމާފަ އެވެ. އެތަނުގެ ބިންގަނޑު އެއްވަރުކުރުމާއި ވޯރކްވޭ ތައް ހެދުމާއި ބިން ސާފުކުރުމާއި ކަރަންޓުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ބޭހޭ ގޮތުން މައުލޫމާތު ދިނުން މިއަދު އޮންނާނެ ކަމަށް ރާޝިދު ވިދާޅުވި އެވެ.
ކައުންސިލްގެ ބަޖެޓުން އެއްލައްކަ އައްޑިހަ ހާސް ރުފިޔާގެ ބަޖެޓެއް ޕާކް ހެދުމަށް ވަނީ ކަނޑައަޅާފަ އެވެ.
މުހައްމަދު ރާޝިދު ވިދާޅުވީ ޕާކްގެ މަސައްކަތްތައް އެއްކޮށް ނުނިމުނު ކަމުގައި ވިޔަސް އުއްމީދު ކުރަނީ މުހިއްމު ބައިތަކާ އެކު އެޕްރީލްމަހު ޕާކް ހުޅުވިގެންދާނެ ކަމަށެވެ.