1.3 މިލިއަން ރުފިޔާއަށް ބެސްޓް ޕްރައިސް މޯލްޑިވްސްއާ ހަވާލުކޮށްގެން ކުޅުދުއްފުށީގައި ހެދި ބާސްކެޓް ކޯޓް ނިންމާލައިފި އެވެ.
ވީރާނާވެ ހަލާކުވެފައިވާ ކުޅުދުއްފުށީ ބާސްކެޓް ކޯޓް އަލުން ހަދަން މިދިޔަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރީ އިން ބެސްޓް ޕްރައިސް މޯލްޑިވްސްއާ ހަވާލުކޮށްފައިވަނީ 70 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
އައުޓް ޑޯ މި ކޯޓަށް ހަރަދުވި އަދަދެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. މުއްދަތު ހަމަވުމުގެ ކުރިން މަސައްކަތް ވަނީ ނިންމާ ކައުންސިލާ ހަވާލުކޮށްފަ އެވެ.
ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ބާސްކެޓް ކޯޓްގެ އިތުރުން އިތުރު ސްޓޭދިއަމްގެ 3 ކޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ވަނީ ނިންމާފައި އެވެ.