ހދ ހަނިމާދޫގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން އަންނަ ހުކުުރު ދުވަހު ހެނދުނު މޫދު ކުޅިވަރުގެ ހަރަކާތެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ހުރިހާ އުމުުރު ފުރައިގެ މީހުންނަށް ހުޅުވާލަިއގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ބަނާނާ ބޯޓު ދުއްވުމާއި ވޭކް ބޯޑު ފަދަ ޒުވާނުންނާއި ކުޑަކުދިން ޝައުޤުވެރިވާޒާތުގެ ކުޅިވަރުތައްވަނީ ހިމަނާފައެވެ.
ހަނިމާދޫ ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދާ މި ހަރަކާތުގެ މަގުސަދަކީ މޫދުކުޅިވަރުތަކަށް މީހުން އަހުުވެރި ކުރުވުމަށާއި ރަށުގެ ރައްޔިތުންނަށް އާންމުކޮށް ނުލިބޭ ތަފާތު ވައްތަރުގެ މޫދުކުޅިވަރުތައް ކުޅުމުގެ ފުރުސަތު ތަނަވަސްކޮށްދިނު މެވެ
ހުކުރު ދުވަހު ހެނދުނު 08:30 ން 11:00 ބޭއްވުމަށް ހަމަޖެހިފައިވަ މި ހަރަކާތުގެ ކުރިއަށް ދާނީ ހަނިމާދޫ ދެކުނުއަވަށުގެ އަލަށް އާބާދުވި ސަރަހައްދުގެ ގޮނޑުދޮށުގައި އެވެ.