twitterviber whatsapp telegramfacebookyoutube instagram
18th May 2025

އިހަވަންދޫއިން ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ މުއްދަތު 4 ވަަނަ ފަހަރަށް ކޯޓުން އިތުރުކޮށްދީފި

Feb 10, 2016

އިހަވަންދޫއިން ސިހުރު ހަދާ ކަމުގެ ތުުހުމަތުގައި ހައްޔަރުކުރި 2 ޒުވާނުންގެ ބަންދުއްގެ މުއްދަތު 4 ވަނަ ފަހަރަށް އިތުރުކޮށްފި އެެވެ.

ސިހުރު ހަދާކަމުގެ ތުހުމަތުގައި އިހަވަންދޫގެ ދެގެއަކާއި ގުދަނެއް ބަލައި ފާސްކުރުމަށްފަހު އެމައްސަލާގައި ހައްޔަރުކުރި ދެ ޒުވާނުންގެ ބަންދުގެ މުއްދަތު 4 ވަނަ ފަހަރަށް އިތުރުކޮށްފައިވަނީ 5 ދުވަހެވެ.

އިހަވަންދޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. އެމީހުން ހައްޔަރުކުރުމަށް ހިންގި އެ އޮޕަރޭޝަންގައި ފުލުހުން ވަނީ ސިހުރު ހެދުމާއި ގުޅުންހުރި ބައެއް ތަކެތިވެސް، ބަލައި ފާސްކުރި ތަންތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ

އެމީހުންގެ ބަންދުގެ މުއްދަތަށް މިފަހަރު 5 ދުވަސް އިތުރުކުރީ ތިންވަނަ ފަހަރު ކޯޓުން ބަންދަށްޖެހި 5 ދުވަސް ހަމަވުމުން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް އިއްޔަ ހާޒިރު ކުރުމުންނެވެ.

މީގެ އިތުރުން ވެސް ފުލުހުން ވަނީ 2013 ޖެނުއަރީ ގައިވެސް އިހަވަންދޫންއިންވަނީ ސިހުރު ހަދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައެވެ. އަދި ހަމަ އެއަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުވަނީ، ސިހުރު ހަދާކަމަށާއި ސިހުރު ހެދުމަށް ބޭނުންވާ އާލާތާއި ލިޔެކިޔުން ގެންގުޅޭ ކަމަށް ތުހުމަތުކޮށް އިހަވަންދޫގެ ބައެއް ގެތައް ފުލުހުން ބަލާ ފާސްކޮށްފައެވެ.

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355