މަރިވަެފައިވާ އިންސާނެއްގެ ހަށިގަނޑު ށ. އަތޮޅު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށެއްކަމަށްވާ ށ. ދޮޅިޔަދޫއަށް މިއަދު ލައްގައިފައި އޮއްވާ ފެނިއްޖެ އެވެ.
މަރުވެފައި އޮތް އިންސާނެއްގެ ހަށިގަނޑު ލައްވެފައިވާ އޮތްކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 09:50 ހާއިރު ކަމަށާއި، މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ށ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރެެއް ހިމެނޭ ޓީމެއް އެރަށް ގޮސްފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަދި ހދ. ކުޅުދުއްފުށިން ފުލުހުންގެ ފޮރެންސިކް ޓީމެއް ދަނީ އެރަށަށް ދިޔުމަށް ދަތުރުކުރަމުން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މަރުވެފައި އޮތީ ފިރިހެނެއް ނުވަތަ އަންހެނެއްކަން އަދި ސާފެއް ނުވާ ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާގޮތުގައި އެރަށަށް ލައްވެފައިވާ ހަށިގަނޑަކީ ދުވަސްވެފައިވާ ހަށިގަނޑެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.