twitterviber whatsapp telegramfacebookyoutube instagram
18th May 2025

ނޫމަރާގައި 4 އަހަރުގެ ކުއްޖަކު ގަޔަށް ވަޅި ހަރައި މަރާލައިފައި އޮއްވާ ފެނިއްޖެ

Feb 11, 2016

ށ.ނޫމަރާގައި އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކު ގަޔަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނިއްޖެ އެވެ.

ނޫމަރާ ކައުންސިލުން ބުނާގޮތުގައި ހަތަރު އަހަރުގެ ކުއްޖަކަށް ވަޅިހަރައި މަރާލައިފައި އޮއްވާ ފެނުނީ ރޭގެ ވަގުތެއްގައި ކަމަށާއި ފެނުނު އިރު ލެއިން ތައްތެޅިފަ އޮތް އެކުއްޖާގެ ކަރަށާއި އަތުގެ ކޮނޑު ހުޅު ކައިރިޔަށް ވަޅިހަރާފައިވާ ކަމަށެވެ.

ކައުންސިލްގެ ރައީސް އަހުމަދު ވިޝާން ވިދާޅުވީ ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ ކުއްޖާގެ ކާފައަށް ފަތިސް ނަމާދަށް ހޭލުމަށްފަހު ކުއްޖާ އާއި މަންމަ ނިދާފައި އޮތް ކޮޓަރި ތެރެއިންނެވެ. އަދި ކޮޓަރީގައި އެކުއްޖާ މަރާލާފައި އޮތް އިރު އެ ކުއްޖާގެ މަންމަވެސް އެ ކުއްޖާގެ ކައިރީގައި އޮތް ކަމަށް ވެއެވެ.

ވިޝާން ވިދާޅުވީ ކުއްޖާގެ މަންމައަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށެވެ. އަދި މި ހާދިސާ ހިނގި ވަގުތު ކުއްޖާގެ ބައްޕަ ހުރީ އެހެން ރަށަކު ކަމުގައި ވެއެވެ.

ފުލުހުން ބުނީ ކުޑަކުއްޖެއްގެ މަރާލި މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކުރެވިފައިވަނީ ރޭ ފަތިހު 5:40 ހާއިރު ކަމަށެވެ. އަދި އެކަމާއި ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު ނޫމަރާގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355