twitterviber whatsapp telegramfacebookyoutube instagram
13th August 2026

ހަތަރު އަހަރުގެ ދަރިފުޅު މަރާލިކަމުގެ ތުހުމަތުގައި އެކުއްޖާގެ މަންމަ ހައްޔަރުކޮށްފި

Feb 11, 2016

ށ.ނޫމަރާގައި ހަތަރު އަހަރުގެ އަންހެންކުއްޖަކު ގަޔަށް ވަޅި ހަރައި މަރާލި މައްސަލަގައި އެ ކުއްޖާގެ މަންމަ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކުޑަކުއްޖެއްގެ މަރާލި މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކުރެވިފައިވަނީ ރޭ ފަތިހު 5:40 ހާއިރު ކަމަށެވެ. އަދި އެކުއްޖާމަރާލި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އެކުއްޖާގެ މަންމަ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ށ. ފުނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ ޓީމެއް މިހާރު އެރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ހދ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުގެ ޓީމެއްވެސް އެރަށް ދިޔުމަށް ދަތުރުކުރަމުންދާއިރު ފޮރެންސިކް ފުލުހުން ހިމެނިގެން ފުލުހުންގެ ތަހުގީގު ޓީމެއް މާލެއިން އެރަށަށް ދިޔުމަށް ދަތުރުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ނޫމަރާ ކައުންސިލުން ބުނާގޮތުގައި ހަތަރު އަހަރުގެ ކުއްޖަކަށް ވަޅިހަރައިލައި މަރާލައިފައި އޮއްވާ ފެނުނީ ރޭގެ ވަގުތެއްގައި ކަމަށާއި ފެނުނު އިރު ލެއިން ތައްތެޅިފަ އޮތް އެކުއްޖާގެ ކަރަށާއި އަތުގެ ކޮނޑު ހުޅު ކައިރިޔަށް ވަޅިހަރާފައިވާ ކަމަށެވެ.

ކައުންސިލްގެ ރައީސް އަހުމަދު ވިޝާން ވިދާޅުވީ ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ ކުއްޖާގެ ކާފައަށް ފަތިސް ނަމާދަށް ހޭލުމަށްފަހު ކުއްޖާ އާއި މަންމަ ނިދާފައި އޮތް ކޮޓަރި ތެރެއިންނެވެ. އަދި ކޮޓަރީގައި އެކުއްޖާ މަރާލާފައި އޮތް އިރު އެ ކުއްޖާގެ މަންމަވެސް އެ ކުއްޖާގެ ކައިރީގައި އޮތް ކަމަށް ވެއެވެ.

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355