twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ކުޅުދުއްފުއްޓާއި ފަރުކޮޅުގަ އެއާޕޯޓް ހަދަން އީއައިއޭ ހަދާނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފި

Feb 12, 2016

ހދ ކުޅުދުއްފުއްޓާއި ށ ފަރުކޮޅުގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްޤީ ކުރަން އެ ދެރަށުގެ ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށް ހަދާ އީއައިއޭ ހެދުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަށް ރީޖަނަލް އެއާޕޯޓްސްއިން ކުރި އިއުލާނެއްގަ އެވެ.

އެގޮތުން މިމަހު 21 ވާ އާދީއްތަ ދުވަހުގެ 11:30 އަށް ރީޖަނަލް އެއާޕޯޓްސް އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު މިމަހުގެ 28 ވާ އާދީއްތަ ދުވަހުގެ 11:30 އަށް ރީޖަނަލް އެއާޕޯޓްސް އަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހެއެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވާ ކުޅި ސަރަހައްދުގެ ބިމުގެ ތަހުލީލުކުރުމަށްޓަކާ އެތަނުގެ ބިމު އަޑިން ޗަކައިގެ ސާމްޕަލްވެސް ވަނީ މިދިޔަ އަހަރު ނަގައިފަ އެވެ.

ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް ހެދުމަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދުކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355